ދިވެހިރާއްޖެ
މިރަށުގެ ޢިޖުތިމާއީ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 05 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން، ރެޖިސްޓްރޭޝަން ޝީޓް ފުރިހަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުމަށް ދަންނަވަމެވެ. ('ރެޖިސްޓްރޭޝަން ޝީޓް' މިއިޢުލާނާއި އެކު ގެޒެޓްކުރެވިފައިވާނެ އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ) މި މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 ޖަނަވަރީ 2023ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިކައުންސިލްގެ އިދާރާގައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، 05 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13.00ގެ ކުރިން މި އިދާރާގެ ނަންބަރ 6780034 ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.