ވަޒީފާގެ ފުރުޞަތު
ނަންބަރު: 401-IUL(AD)/2014/52
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 08 ޑިސެންބަރު 2014 15:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

2 (ދޭއް)

ރޭންކް:

SS1

ކްލެސިފިކޭޝަން:

ސަޕޯޓް ސްޓަރފް ގުރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ލ. ފޮނަދޫ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ ތެރެއިން މި އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި

މުސާރަ:

3100.00 ރ

ސަރވިސްއެލަވަންސް:

1000.00ރ

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުން

މަޤާމުގެމައިގަނޑު މައްއޫލިއްޔަތާއި ވާޖިބުތައް:

  • ކޮންމެ ނަމާދެއްގެ ވަގުތު ޖެހުމުގެ 15 މިނެޓް ކުރިން މިސްކިތަށް ހާޒިރުވެ މިސްކިތުގެ އެތެރެއާއި އިސްކުރުބަރިއާއި ފާޚާނާތައް ސާފުކުރުން.
  • މިސްކިތުގެ އިސްކުރު ބަރިއާއި ފާޚާނާތައް އަދި މިސްކިތު ގޯތިތެރެއާއި އިންފާރުގެ ބޭރުމަގުގެ ދެބައިކުޅަ އެއްބައި ސާފުކުރުން.
  • މިސްކިތުގައި ހިފައިގެންގުޅޭ ތަކެތި ސާފުކޮށްބެލެހެއްޓުން.
  • މިސްކިތުގެ ލައިޓްތައް ހަމަޖެހިފައިވާ އުސޫލާ އެއްގޮތައް ދިއްލަންޖެހޭ ވަގުތުގައި ދިއްލުމާއި ނިއްވަންޖެހޭ ވަގުތުގައި ނިއްވުން.
  • މިސްކިތުގެ ގޯތިތެރޭގައި އިމާމުނުވަތަ މުދިމު އަންގާ ގޮތެއްގެމަތިން ގަސް އިންދައި ގަސްތަކަށް ފެންދިނުން.
  • މިސްކިތު ވަޅުދިޔަ ހިއްކައި ސާފުކޮށްބެލެހެއްޓުން.
  • މިސްކިތުގައި ކުރަމުންދާ އެކިއެކި މަސައްކަތް ތަކުގައި އެހީތެރިވެ އިމާމު ނުވަތަ މުދިމު އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނެ ތާރީޚާއި ގަޑި މި އިދާރާއިން ލިޔުމުން އަންގާނެއެވެ.

މާޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު 2014 ޑިސެންބަރު 08 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި އިނާޔަތްތައް:

މި މަޤާމުގައި މަސައްކަތް ކުރާފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.  (މި މަޤާމުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ބަންދު ދުވަހުގައި ރަސްމީދުވަހެކޭ އެއްގޮތަށް މަސައްކަތް ކުރަންޖެހޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު މި އިދާރާގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ލިބެންހުންނާނެއެވެ.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓުފިކެޓުތަކުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ).
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)     

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މިންގަނޑު :

 ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2013 ގައި ޢަމަލު ކުރައްވަން ފަށްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6800082 ނަންބަރު ފޯނާއެވެ.

1   ޞަފަރު   1436

23 ނޮވެންބަރު 2014