ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
( ޕްރޮޖެކްޓް ނަންބަރު: TES/2022/G-015)
(26 އޮކްޓޫބަރު 2022ގައި ކުރެވުނު އިއުލާނު ނަންބަރު: (IUL)13-K/13/2022/331، ބީލަން ހުށަހެޅުމުގެ ދަޢުވަތުގެ މުއްދަތު އިތުރުކުރުން)
ބައެއް ރަށްތަކަށް ބޭނުންވާ ވޭސްޓް ކަލެކްޝަން އަދި މެނޭޖްމަންޓް އިކުއިޕްމަންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން – 2 ލޮޓް
1. ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ބައެއް ރަށްތަކަށް ބޭނުންވާ ވޭސްޓް ކަލެކްޝަން އަދި މެނޭޖްމަންޓް އިކުއިޕްމަންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.
2. ވީމާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ބޭނުމަށް ތިރީގައިވާ މަސައްކަތަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބައެއް ރަށްތަކަށް ބޭނުންވާ ވޭސްޓް ކަލެކްޝަން އަދި މެނޭޖްމަންޓް އިކުއިޕްމަންޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން – 2 ލޮޓް
ލޮޓް 1: ޑަމްޕް ޓްރަކްސް ވިތް ލިފްޓިންގް ޓެއިލްގޭޓް، ރޯލް-އޮން/ރޯލް-އޮފް ކޮންޓެއިނަރސް، މޮބައިލް ބިން ޓިޕާސް
ލޮޓް 2: ވޭސްޓް ކަލެކްޝަން ބިންސް، ބޭލާ ފޯ ޕްލާސްޓިކް އެންޑް އެލުމިނިއަމް ކޭންސް
3. މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
4. މި ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
މާލީ ތަނަވަސްކަން
- ލޮޓް 1: ފާއިތުވި 3 އަހަރު (2018،2019،2020 ނުވަތަ 2019،2020،2021) ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 1,450,000 އެމެރިކާ ޑޮލަރު ލިބިފައިވުން.
- ލޮޓް 2: ފާއިތުވި 3 އަހަރު (2018،2019،2020 ނުވަތަ 2019،2020،2021) ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 950,000 އެމެރިކާ ޑޮލަރު ލިބިފައިވުން.
ތަޖުރިބާ
- ލޮޓް 1: ފާއިތުވި 4 އަހަރު (2018،2019،2020 އަދި 2021) ތެރޭގައި މިބާވަތުގެ 2 މަސައްކަތްކޮށްފައިވުން އަދި ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 772,800 އެމެރިކާ ޑޮލަރު ކަމުގައިވުން.
- ލޮޓް 2: ފާއިތުވި 4 އަހަރު (2018،2019،2020 އަދި 2021) ތެރޭގައި މިބާވަތުގެ 2 މަސައްކަތްކޮށްފައިވުން އަދި ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 507,200 އެމެރިކާ ޑޮލަރު ކަމުގައިވުން.
ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.
5. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފާޠިމަތު ރިޝްފާ އަޙްމަދު،
ޗީފް ޕްރޮކިއުމަންޓް އެގްޒެކްޓިވް،
ނެޝަނަލް ޓެންޑަރ،
މިނިސްޓްރީ އޮފް ފިނޭންސް،
އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،
ފޯން : (960) 3349106, (960) 3349147, (960) 3349113
އީމެއިލް : [email protected]
ކޮޕީ : [email protected]
6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2022 އޮކްޓޫބަރު 26 އިން 2023 ޖަނަވަރީ 3އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.
- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
- ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
- ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ
7. މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
8. ބީލަން ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 8ވާ އާދިއްތަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.