ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2022/46
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 04 ޖަނަވަރީ 2023 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލަށް ވީލް ޗެއަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ނަމްބަރު:137-IU/PR/2022/46-

      އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

މިހޮސްޕިޓަލަށް ވީލް ޗެއަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 17 ނޮވެމްބަރ 2022 ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2022/44 އިޢުލާނަށް ފުރިހަމައަށް މައުލޫމާތު ދެވިފައިނުވާތީ، އެއިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

އަދަދު

އައިޓަމް

 

30

 

 

ހޮސްޕިޓަލް ވީލްޗެއަރ

 

އިތުރު ތަފްސީލް

 

  • ރަސްޓް ޕްރޫފް (ކޮރޯޝަން ރެސިސްޓެންޓް ) ވީލްޗެއަރ އަށްވުން
  • ފަސޭހައިން ސާފުކޮށްލެވޭ މެޓީރިއަލެއް ކަމުގައިވުން
  • ފޯލްޑިންގ ފްރޭމް ވީލް ޗެއަރ އަށް ވުން 
  • ޔޫސަރ ވެއިޓް 120 ކިލޯ އުފުލުން 
  • ސީޓު ސަައިޒް :  ވިޑްތް 37- 52 ސމ

                ހައިޓް ފްރަންޓް 47 – 51 ސމ

                ހައިޓް ރިއަރ  44 – 47 ސމ         

  • ޓޯޓަލް ވިޑްތް : 56 – 71 ސމ
  • ޓޯޓަލް ހައިޓް  :87 – 90ސމ
  • ޓޯޓަލް ވެއިޓް : 20 ކިލޯއަށްވުރެ ބަރުނޫން

 

 

 

 

 

 

 

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  • ހުށަހަޅާ އައިޓަމްތަކުގެ ފޮޓޯ އަދި ބްރޯޝާ/ތަފްސީލު/ސްޕެސިފިކޭޝަން ޝީޓް ހުށަހެޅުން.
  • ސަޕްލައިކޮށްދޭނެ އަގު ހުށަހަޅަންވާނީ ޖީއެސްޓީ ހިމަނައިގެންނެވެ.
  • ސަޕްލައިކޮށްދެވޭނެ މުއްދަތު ހުށަހެޅުން
  • އަންދާސީ ހިސާބުގެ މުއްދަތު (ވެލިޑިޓީ ޕީރިއަޑް) މަދުވެގެން 90 ދުވަސް އޮންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • އަންދާސީ ހިސާބު
  • ސަޕްލައިކޮށްދެވޭނެ އަގު
  • ސަޕްލައިކޮށްދޭނެ މުއްދަތު
  • ކުންފުނީގެ މައުލޫމާތު
  • ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ)
  • ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ
  • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ނުވަތަ ޕާރޓްނާނަމަ، މެނުފެކްޗަރަރ ދީފައިވާ ލިޔުން.

 

  • މަސައްކަތުގެ ތަޖުރިބާގެ ލިޔުން، 01  ޖަނަވަރީ 2019 އިން 30 ނޮވެމްބަރ 2022 ގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ  1 ލިޔުން ހުށަހަޅަންވާނެއެވެ.

 

  • މާލީ ގޮތުން މިމަސައްކުރެވޭނެ ފަރާތެެއްކަން ދެނެގަތުމަށް ހުށަހަޅާފައިވާ ލިޔުންތަކުން
  • ޕްރޮޖެކްޓްއަށް ހުށަހަޅާފައިވާ އަގުގެ %30 ބޭންކް އެކައުންޓުގައި ހުރިކަން އަންގައިދޭ ލިޔުމެއް (ބޭންކް ސްޓޭޓްމަންޓް ނުވަތަ ބޭންކްގެ ލިޔުމެއް) ނުވަތަ
  • ޕްރޮޖެކްޓްއަށް ހުށަހަޅާފައިވާ އަގުގެ %30 ކްރެޑިޓް ފެސިލިޓީއެއް ހަމަޖެހިފައިވާކަން އަންގައިދޭ ކްރެޑިޓް ފެސިލިޓީދޭ ފަރާތުން ދީފައިވާ ލިޔުމެއް

 

ޓެކްނިކަލީ އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • ހުށަހަޅާފައިވާ އައިޓަމްތަކަކީ މިހޮސްޕިޓަލުގެ ބަޔާންކޮށްފައިވާ ރިކްއަރމެންޓަށް  ފެތޭ ތަކެތި ކަމަށްވާނަމަ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާނެއެވެ.

އަގު އަދި މުއްދަތު އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

 

  • އަގަށް އަދި މުއްދަތައް މާކްސް ދެވޭނީ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.
  •  

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

90

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

2

މުއްދަތު

10

އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް

 

އަންދާސީ ހިސާބު ހުށަހަޅާނެގޮތް

 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އައި.ޖީ.އެމް ހޮސްޕިޓަލް

އައި.ޖީ.އެމް. ހޮސްޕިޓަަލަށް ވީލްޗެއަރ ސަޕްލައިކޮށްދިނުމާގުޅޭ އިއުލާނުކަމާއި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 04 ޖެނުއަރީ 2023 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1-      ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން

2-      މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

3-      ޚިދުމަތްދޭފަރާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

 

 

 

 

 

 

 ނޯޓު:

  1. ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.

https://www.igmh.gov.mv/publications/tenders/

  1. 2.       މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.  

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 

 

 

                                   03 ޖުމާދުލް އާޚިރާ 1444

                                    26 ޑިސެމްބަރ 2022

 

26 ޑިސެންބަރު 2022