ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)358/358/2022/11
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 28 މޭ 2023 00:00
ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
30 ގޯތީގެ ވަށާފާރު ރޭނުން

ވ.ތިނަދޫއިން އަލަށް ދޫކުރި 30 ގޯތީގެ ބައެއް ކަންމުޑިތަށް ތަޅާލާ ހަލާކޮށް ގޯތިތަކުގެ އިންތަށް ގެއްލި ވ.ތިނަދޫގައި މިހާރު ކުރިޔަށްދާ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓާއި އަދި އަލަށް ގޯތި ދޫކުރެވުނު  ސަރަހައްދަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ދަތިތަކެށް ދިމާވަމުން ދާތީ 2020 ވަނަ އަހަރު މިކައުންސިލުން ދޫކުރި 30 ގޯތީގެ ވަށާފާރު( 28ޑިސެންބަރުން 2022 އިން ފެށިގެ 28 މެއި 2023 ގެ ނިޔަލަށް 6 މަސްދުވަސް ތެރޭގައި) 3 ފޫޓަށް ރާނާ އެގޯތިތަކުގެ އިންތަށް ވަކިކުރުމަށް އެންގުމަށް މިކައުންސިލްގެ 18ވަނަ ޖަލްސާއިން ނިންމާފައިވާތީ ، މިމުއްދަތު ތެރޭގައި އެގޯތިތަކުގެ ވަށާފާރު ރާނާ ނިންމުމަށް އެގޯތިތަކުގެ ވެރިންނަށް އަންގާ އިއުލާން ކުރަމެވެ.ގޯތިތަކުގެ އިންތަށް ގެއްލުމާއި ގުޅިގެން 2 ވަނަފަހަރަށް އެކަމުގެ ފަންނީ މީހުންގެ އެހީއާއި އެކު، އެގޯތިތަކުގެ އިންތަށް އަލުން ވަކިކޮށްފައިވާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.އަދި މިގޮތަށް އިންތަށް ވަކިކުރުމަކީ ނުހަނު ބޮޑު ޚަރަދެއްހިނގާ ކަމަކަށް ވުމާއެކު ކުރިން ދެންނެވިފައިވާ މުއްދަތުގައި ގޯތިތަކުގެ ވަށާފާރު ނުރާނާ ފަރާތްތަކުން އެގޯތިތަކުގެ އިންތަށް ވަކިކުރުމަށް އެކަމާ ގުޅޭފަންނީ ފަރާތްތަށް ގެންނަން ޖެހޭނީ އެފަރާތެއްގެ އަމިއްލަ ޚަރަދުގައި ކަމުގައިވެސް ދަންނަވަމެވެ.     

                ވީމާ މިކަން އަންގާ އިއުލާން ކުރަމެވެ.

18 ޑިސެންބަރު 2022