ދިވެހިރާއްޖެ
މަޤާމް: ވޮޗަރ (ދާއިމީ) |
ބޭނުންވާ އަދަދު: 02 |
ރޭންކް: އެސް އެސް 1 |
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގރ 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: ގއ.ގެމަނަފުށި މެޖިސްޓްރޭޓް ކޯޓް |
- ޝަރުޠު:
1- ލިޔަންކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަނެއް/ ސަނަދެއް/ ހުއްދައެއް ހާސިލުކޮށްފައިވުން
2- މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު އެސްއެސް 1 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- މަޤާމުގެ އަސާސީ މުސާރަ: -/3100 (ތިން ހާސް އެއް ސަތޭކަ ރުފިޔާ)
- ސާރވިސް އެލަވަންސް: -/1000 (އެއް ހާސް ރުފިޔާ)
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %30
- މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- މަޤާމުގެ މައިގަނޑު މަސައްކަތް
- ޑިއުޓީ ގަޑީގައި ކޯޓު ތެރެއާއި ކޯޓު ހިމެނޭ ސަރަހައްދު ބެލެހެއްޓުން
- ކޯޓާއި ކޯޓުގެ މުދައު ހިމާޔަތްކުރުން
- މިނޫނަސް ކޯޓުން އަންގާ ރަސްމީ ކޮންމެ މަސައްކަތެއްކުރުން
- ހުށަހަޅަންޖެހޭ މަޢުލޫމާތު
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (އެކްރިޑެޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް
- ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީވީ
- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
މިމަޤާމަށް ކުރިމަތިލެއްވުމަށް އެދިވަޑައިގަންނަވާ ބޭފުޅުން މަތީގައިވާ ލިޔުންތައް 4 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ގއ.ގެމަނަފުށި މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.