ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)289/289/2022/76
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 23:55
ސުންގަޑި:
31 ޑިސެންބަރު 2022 20:30
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ޤާނޫނު ނަމްބަރު 7/2010 'ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު' ގެ 107 ވަނަ މާއްދާގެ ދަށުން ޑިސެމްބަރު މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ބައްދަލުވުން 31 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެރޭ 20:30 ގައި ލަންދޫ ސްކޫލް ހޯލްގައި އޮންނާނެއެވެ.
މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީ؛
- 2022 ނޮވެމްބަރު، ޑިސެމްބަރު ގައި ތަރައްޤީ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާގޮތް ޙިއްސާކުރުން
- ރައްޔިތުންގެ މާލިއްޔަތުން 2023 ވަނަ އަހަރު ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރުން
- މިހާރު ރަށުގައި ހިނގަމުންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްސާކުރުން
- ވިޔަފާރި އުޞޫލުން ދަނޑުބިން ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން
- ބަނދަރު ބެލެހެއްޓުމާއި ބެހޭ އުޞޫލާއި ގުޅޭގޮތުން މަޝްވަރާކުރުން
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ޑިސެންބަރު 2022