ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-TSS/1/2022/106
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:22
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
01 ޖަނަވަރީ 2023 އިން ފެށިގެން އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ އުޅަނދެއް ނިސްބަތްވާ ކައުންސިލަކަށް ދެއްކުމައި ގުޅޭ

01 ޖަނަވަރީ 2023 އިން ފެށިގެން އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ އުޅަނދެއް ނިސްބަތްވާ ކައުންސިލަކަށް ކަމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-B/CIR/2022/29 (05 ޑިސެންބަރު 2022) މާލިއްޔަތު ސަރކިއުލަރ އިން ދަންނަވާފައިވާތީ، މި އޮތޯރިޓީއަށް ބަލައިގަންނަމުން އައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީއާއި، ސުންގަޑިއަށް އަހަރީ ފީ ނުދެއްކުމުން ވާ ޖޫރިމަނާގެ އިތުރުން ޕާކިންގ އަދި ޓްރެފިކް ވަޔަލޭޝަނާ ގުޅިގެން ކުރާ ޖޫރިމަނާ، 01 ޖަނަވަރީ 2023 އިން ފެށިގެން މި އޮތޯރިޓީއަށް ބަލައި ނުގަންނާނެ ކަމުގައި ދަންނަވަމެވެ. އަދި މި ތާރީޚުން ފެށިގެން ދެންނެވުނު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބަލަހައްޓަވާ ސިސްޓަމް މެދުވެރިކޮށް ކަމުގައިވެސް ދަންނަވަމެވެ.

މި ބަދަލާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. 

25 ޑިސެންބަރު 2022