ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް އިތުރަށް ފުރިހަމަކަމާއިއެކު ކުރިއަށްގެންދިއުމަށް އަންނަނިވި ދާއިރާއަށް ފަންނީ ތަޖުރިބާކާރުން 01 އަހަރު ދުވަހުގެ ކޮންޓްރެކްޓް މުއްދަތަށް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި ޢިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
މަޤާމު |
އަދަދު |
ރެސިޑެންޓް އިންޖިނިއަރ |
01 |
ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޖެނުއަރީ 05 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯން: 4004712 / 4004717
އީ-މެއިލް: [email protected] ވެބްސައިޓް: www.planning.gov.mv
02 ޖުމާދަލްއާޚިރާ 1444
25 ޑިސެމްބަރ 2022