ނީލަން
ނަންބަރު: (IUL)459-AD/1/2022/330
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 29 ޑިސެންބަރު 2022 16:30
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ބ.ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރ ގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ

އިޢުލާން

ބ.ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ

 

ބ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައި ހުރި ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަމުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. (ނީލަން ކިޔަން ހަމަޖެހިފައިވާތަން : (ބ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ
  2. ނީލަން ކިއުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި : 29 ޑިސެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 ގައި
  3. ނީލަން ކިއުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
  4. މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 3027638

މި އިޢުލާނާއި އެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން ދުރުވުމަށް ދެންނެވީމެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް، 29 ޑިސެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 ގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގައި އިއުލާން ކުރީމެވެ.

 

01 ޖުމާދަލްއާޚިރާ 1444

25 ޑިސެންބަރ 2022

25 ޑިސެންބަރު 2022