ދިވެހިރާއްޖެ
މި ކައުންސިލްގެ އިޢުލާން ނަންބަރު: (IUL)425-CB/1/12022/320 ( 20 ޑިސެންބަރު 2022 ) އިޢުލާންއާ ހަވާލާދީދަންނަވެމެވެ. އިޢުލާންގައި ބަޔާންކުރެވިފައިވާ މަސައްކަތުގެ މުއްދަތު އިތުރު ކުރުމުގެ ގޮތުން ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައިވާކަން ދެންނެވީމެވެ.
މާލޭ ސިޓީ ކައުންސިލުގެ 04 ވަނަ ދައުރުގެ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން މާލޭގައި މިކްސްޑް ޔޫސް ޕާކިންގ ބިލްޑިންގސް އެޅުމަށް މިކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތައް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް އާރު.އެފް.ޕީ އެކުލަވާލާފައިވާ ގޮތުގެމަތިން ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް ބޭނުންވާފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މިކަމާގުޅޭ ސަބްމިޝަން ފޯމް އަދި ޕްރޮޖެކްޓާ ގުޅޭ އާރު.އެފް.ޕީ މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި އިތުރު މައުލޫމާތު ( ކްލެރިފިކޭޝަންސް ) ބޭނުންފުޅުވާ ފަރާތްތަކުން މަތީގައިވާ އީމެއިލް މެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.