ދިވެހިރާއްޖެ
މިރަށުގައި (ރ.މީދޫ) ހެދުމަށް ހަމަޖެހިފައިވާ އައުޓް ޑޯ ޖިމްގެ ވަށާފާރު ރޭނުމާއި، ރަނިންގ ޓްރެކެއް ހެދުމާއި އަދި ޖިމް ސެޓް ހަރުކުރުމަށް ބޭނުންވާ ބުޑުތައް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)310-MS/310/2022/44 (12 ޑިސެމްބަރު 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަމުގައި ރަޖިސްޓްރީވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދޭ ތާރީޚާއި ގަޑި |
އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި |
02 ޖަނަވަރީ 2023 (ހޯމަ) ދުވަހުގެ ހެނދުނު 11:00 |
12 ޖަނަވަރީ 2023 (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00 |
މި ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި 02 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ [email protected] އަށް މެއިލް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަކީ އެދެވިގެންވާ ކަމެކެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ. އަންދާސީހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ މީޓިންގ ރޫމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާއިރު، ހުށަހަޅުއްވާ ލިޔެކިޔުން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ. އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.
ހ. މާޅޮސްމަޑުލު އުތުރުބުރީ މީދޫގެ "އައުޓް ޑޯ ޖިމް ޤާއިމްކުރުން"
ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
ނ. ބީލަން ހުށަހަޅާ ތާރީޙާއި ވަގުތު
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓްދޭން ހަމަޖެހިފައިވަނީ:-
- ހުށަހަޅާ އެންމެ ދަށް އަގަށް %75 ( ހަތްދިހަ ފަހެއް އިންސައްތަ )
- މުއްދަތު ( މަސައްކަތް ނިންމޭނެ ކުރުމުއްދަތު ) ( ދިހައެއް އިންސައްތަ )
- ތަޖުރިބާއަށް %5 ( ފަހެއް އިންސައްތަ )
- މާލީ ޤާބިލުކަމަށް ( ދިހައެއް އިންސައްތަ )
އެކަށީގެންވާ ޕްރޮޕޯސަލެއް ލިބިފައި ނުވާނަމަ ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ބާޠިލުކުރުމުގެ އިޚްތިޔާރު ރ. މީދޫ ކައުންސިލަށް ލިބިގެންވެއެވެ.
މި މަސައްކަތައް ކުރުމަށް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށާއި، މި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
25 ޑިސެމްބަރު 2022
02 ޖުމާދަލްއާޙިރާ 1444