ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)291/291/2022/21
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 29 ޑިސެންބަރު 2022 12:00
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ސެކިއުރިޓީ އޮފިސަރ ހޯދުން

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ސެކިއުރިޓީ އޮފިސަރ ހޯދުން

 

 މަޤާމް:

 

 ސެކިއުރިޓީ އޮފިސަރ

 

 ބޭނުންވާ ޢަދަދު :

 

02 (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން)

 

 މަޤާމުގެ ބާވަތްތާއި  މުއްދަތު:

 

 

 ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރު ދުވަސް

 

 ވަޒީފާ އަދާ ކުރަންޖެހޭ ތަން : 

 

 ޅޮހި ކައުންސިލްގެ އިދާރާ

 

 މުސާރަ:

 

 މަސައްކަތް ކުރާ ގަޑިއަކަށް -/33.65 ރުފިޔާ (ކައުންސިލް އެސިސްޓެންޓް)

 

 މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

 

 ދުވާލަކު 6 ގަޑިއިރު ހަފްތާގެ 7 ދުވަސް

 

 މަޤާމުގެ ޝަރުޠުތައް:

 

 ލިޔަންކިޔަން އެނގުން

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ހަވީރު 06:00 އިން ދަންވަރު 12:00 އަށް އަދި ދަންވަރު 12:00 އިން ހެނދުނު 6:00 އަށް ނ.ޅޮހި ކައުންސިލްގެ އިދާރާގެ ޢިމާރާތާއި ގޯތިތެރެއާއި ގޯތި ވަށައިގެންވާ މަގުތަކުގެ (ރަށު ކައުންސިލްގެ އިދާރާ ހިމެނޭ ސަރަޙައްދުގެ) ސެކިއުރިޓީ ބެލެހެއްޓުން.
  4. އޮފީސް އިމަރާތާއި އަދި އެހެނިހެން ވަސީލަތަކަށް ގެއްލުމެއްވެފައިވާނަމަ ނުވަތަ ލަފާކުރެވޭނެމަ އެކަން ލަސްނުކޮށް ކަމާބެހޭ ވެރިއަކަށް އެންގުން.
  5. ޑިއުޓީއަށް ތިބޭމީހުން ނުބެލެހެއްޓުމުގެ ސަބަބުން ގެއްލޭ ނުވަތަ ހަލާކުވާ އެއްޗެއްގެ ޒިންމާ އުފުލާނީ ސެކިޔުރިޓީ ބަލަހައްޓަވާ ފަރާތަކުންނެވެ. މިގޮތުން ގެއްލޭ ނުވަތަ ގެއްލުމެއް ލިބޭ އެއްޗަކަށް އެއަށްވާ އަގު ނުވަތަ އެފެންވަރުގެ އަގުހުރި އެއްޗެއް ލިބެންޖެހޭނެ އެވެ.
  6. މަސައްކަތުގެ ގަޑި ފެށޭ ވަގުތުން ފެށިގެން އިދާރާއަށް ވެދެވެން ހުންނަ ދޮރުތައް ( ކުދިދޮރާއި، ބޮޑުދޮރާއި،ފެންލައިޓްތައް ) ހުރީ ރަނގަޅަށް ތަޅުލެވި ތަންޑުއަޅާފައިތޯ ބަލާ ޗެކްކޮށް ތަޅުނުލެވި ހުރިކަން އެނގިއްޖެނަމަ ވީހާވެސް އަވަހަށް ވެރިއަކަށް އެންގުމާއި، އޮފީހަށް ވަންނަ ދޮރާއްޓާ ކުރިމައްޗަށް އެއްވެސް އެއްޗެއް ޕާކްކުރިއަނުދީ ބަލަހައްޓަންވާނެ އެވެ.
  7. ބަންދުގަޑީގައި ކައުންސިލް އިދާރާއިން ވަކިކަމަކަށް ހުއްދަދީފައިވާ ކައުންސިލް އިދާރާއިން ވަކިކަމަކަށް ހުއްދަދީފައިވާ ކައުންސިލް އިދާރާގެ މުވައްޒަފުން ނުވަތަ މީހުން ފިޔަވާ ބޭރުމީހަކު ނުވަތަ ކައުންސިލް ޢިމާރާތުގެ ގޯތިތެރެއަށާއި ޢިމާރާތެއް ވަނުން މަނާކުރަންވާނެއެވެ.
  8. ޑިއުޓީގަޑީގައި ކައުންސިލް އިދާރާއިން ބޭރަށް ގެންދާ ތަކެއްޗާއި ބޭރުން އެތެރެއަށް ވައްދާ ތަކެތި ކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެމަތިން ބަލަހައްޓަންވާނެ އެވެ.
  9. ގޯތިތެރެއަށް ކުނި ފާޑުގެ އެއްވެސް އެއްޗެއް އުކުން ނުވަތަ އެޅުން ހުއްޓުވައި އެފަދަކަމެއް ދިމާވެއްޖެނަމަ ވެރިއަކަށް އެންގުން.
  10. ކައުންސިލް އިދާރާގެ މަގުމަތީ ފާރުގައި އެއްވެސް މީހަކު އިށީންދެ ފާރުމައްޗަށްއަރާ އެފަދަ ކަމެއް ކުރަނީނަމަ އެކަމެއް ވަގުތުން މަނާކުރަންވާނެ އެވެ. އަދި އެ އަމުރާ ޚިލާފްވެ އެކަމެއް ނުހުއްޓިއްޖެނަމަ އެކަން ކަމާބެހޭ ވެރިއަކަށް އެންގުން.
  11. ކޮންމެ ޑިއްޓީއެއްގައި ހިނގާފައިވާ ކަންތައްތައް ލިޔެ ކޮންމެ ދުވަހަކު އެއްފަހަރު ސެކިއުރިޓީ ބަލަހައްޓާ އޮފީހަށް ހުށަހަޅާ ސޮއިކުރަންވާނެ އެވެ.
  12. ކައުންސިލްގެ އިދާރާގެ އުތުރުފަރާތާއި ދެކުނުފަރާތު ފެންޑާގެ ބޮކި ނިއްވާ ހަވީރު 6.00 ގައި ބޮކި ދިއްލުން.
  13. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެމަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  14. ކައުންސިލް އިދާރާއަށް ބޭނުންވާ މުޙިއްމު މަސައްކަތްތައް ކައުންސިލުން އަންގާ ގޮތެއްގެމަތިން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން (https://www.csc.gov.mv/Announcement/ViewDownloads/4) އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

(ށ) ރާއްޖޭގެ މަތީ ތަޢުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ؛

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދަޢުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ރެކުރޫޓްމެންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމު"

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

 އަސާސީ ޝަރުޠު ހަމަވުން

50

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އިންޓަރވިއު

40

ނޯޓް: - މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %70 (ހަތްދިހަ އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

- މި ކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް މަޤާމުގެ އަސާސީ ޝަރުޠު ހަމަވާނަމަ، ކްރައިޓީރިއާގައި އަސާސީ ޝަރުޠުހަމަވުމުން ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްލިބޭނެއެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 2022 ޑިސެންބަރު 29 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ނ.ޅޮހި ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ([email protected]) އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  

ޝޯޓް  ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 30 ޑިސެންބަރު 2022 އާއި 31 ޑިސެންބަރު 2022 އާ ދެމެދު ނ.ޅޮހި ކައުންސިލްގެ އިދާރާގައެވެ.

އަދި މި މުއްދައްތުގެ ތެރޭގައި އިންޓަރވިއު ނުބޭއްވޭނަމަ، މި މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރަންޖެހޭ ފަރާތްތަކަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ:6560032 ފޯނާ ގުޅުއްވުން އެދެމެވެ.

02 ޖުމާދަލްއާޚިރާ 1444

25 ޑިސެންބަރު 2022 

25 ޑިސެންބަރު 2022