ވަޒީފާގެ ފުރުޞަތު
ނަންބަރު: MBS/IU/2014/09
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 07 ނޮވެންބަރު 2014 14:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނޮލޮޖިސްޓް

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) ގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޝަން

ލެބޯޓްރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ލެބޯޓްރީގައިކުރަންޖެހޭއަދިކުރަމުންގެންދާ ހުރިހާ ޓެސްޓްތައް ކުރުމާއި ޕޭޝަންޓުންގެ ލޭނެގުން.
  2. ލެބޯޓްރީން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓާއި ލިޔުންފަދަ ތަކެތި އެފަރާތްތަކަށްފޮނުވުމާއި އޭގެ ރިޕޯޓްތަކާއި ރެކޯޑްތައް ބެލެހެއްޓުމާއި ކައުންސިލިންގ ދިނުން.
  3. ލެބޯޓްރީން ދޫކުރެވޭ ރިޕޯރޓްސް ތަކާއި ނަތީޖާތަށް ދޫކުރުމުގެ ކުރީގައި ޗެއްކޮށް ބެލުން.
  4. ލެބޯޓްރީގައި ގެންގުލޭ މެޝިނަރީސްތަކާއި އިކްވިޕްމަންޓްސްތައް ސާފުކުރުމާއި، ބެލެހެއްޓުން، ލެބޯޓްރީއަށްލިބޭ މެޝިނަރީސް،އިކްވިޕްމަންޓްސް ،ރިއޭޖެންޓްސް އަދި ކޮންޒިއުމަބަލްސް ފަދަ ތަކެތީގެ ޗެކްރުމަށްފަހު ބަލައިގަތުން.
  5. ޕޭޝަންޓާބެހޭ ގޮތުން ނުވަތަ އެހެން ގޮތަކުން ނަމަވެސް އާދަޔާ ޚިލާފު ކަމެއް ހިގައިފިނަމަ އެކަން ލަސް ނުކުރައްވައި ޑޮކްޓަރަކަށް ނުވަތަ ލެބޯޓްރީގައި އިސްކޮށް ހުންނެވި ފަރާތަކަށް އެންގުން.
  6. އޮފީހުގެ ރަސްމީ މަސައްކަތްތަކާގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

ލެބޯޓްރީ ދާއިރާއިން އޮނިގަނޑު ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަނގަޅަށް މުޢާމަލާތް ކުރަން އެގުން
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
  • އިނގިރޭސި ބަހުގެ ފެންވަރު
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަންއެގުން / މަސައްކަތް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ރަމަޟާން މަހުގެ ޢިނާޔަތް
  3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  4. ޑިއުޓީ އުޞޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފެރީންގެ މައުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅާންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.)
ސުންގަޑި  07 ޑިސެންބަރު 2014 ވާ އާދީއްތަ 14:30 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސް
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި (މަޖީދީމަގު)

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3333886 އެވެ. ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ www.mbs.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މި ސަރވިސަސްގެ އިދާރީބައިން ލިބެން ހުންނާނެއެވެ.
 

 

24 ނޮވެންބަރު 2014