ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2014/173
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 10 ޑިސެންބަރު 2014 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މަސައްކަތު

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

މަސައްކަތު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސް. އެސް 1

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރައާއި އިނާޔަތްތައް

މުސާރަ: -/3,100 ރ ، ސަރވިސް އެލަވަންސް: -/1,000 ރ

(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޮންމެ ދުވަހެއްގެ ހެނދުނު މީޓިންގރޫމް ތަކާއި ވެރިންގެ ކޮޓަރިކޮޅުތައް ފޮޅާ ސާފު ކުރުން.
  2. އޮފީހުގައި ބޭއްވޭ މީޓިންގތަކަށް ކޮފީއާއި ސައި ފަދަ ތަކެތި ތައްޔާރުކޮށް ވެއްދުމާއި މީޓިންގ ނިމުމުން އެތަކެތި ނެރެ ތަން ސާފުކުރުން.
  3. އޮފީހުގެ ފާޚާނާތައް ކޮންމެ ދުވަހަކު ދޮވެ ސާފު ކުރުމާއި،  ފާހާނާއަށް ބޭނުންވާ ސައިބޯނި ، ޓޮއިލެޓް ޕޭޕަރ ފަދަ ތަކެތި ބެހެއްޓުން.                            
  4. އޮފީހާއި އޮފީހުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  5. އޮފީހުގެ އެކިއެކި ލިޔުންތައް އޮފީހުގެ އެތެރެއާއި ބޭރަށް ޙަވާލުކުރަންޖެހޭ ހާލައްތަކުގައި ޙަވާލުކުރުން.
  6. އޮފީހުގެ ދިދަ ނަގާ ތިރިކުރަން ޖެހިއްޖެ ޙާލަތެއްގައި ދިދަ ނަގާ ތިރި ކުރުން.
  7. މިނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައި ވުން.
  2. އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައި ވުން.
  3. ރަސްމީ ގަޑީގެ އިތުރުން ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ  (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 10 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 10 ޑިސެންބަރު 2014 އާއި 15 ޖަނަވަރީ 2014 އާ ދޭތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި އޮންނާނެއެވެ.

                         05 ޞަފަރު 1436  

27 ނޮވެންބަރު 2014