ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)431-AHP/1/2014/19
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 11 ޑިސެންބަރު 2014 12:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް އެސް 2 (މެނޭޖީރިއަލް ސާރވިސް 2) / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ / ސްޕޭޝަލް ސެކްޝަން ، ކ. މާލެ

މަޤާމު ނަންބަރު

227291

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/6295 ރ

ސަރވިސް އެލަވަންސް: -/2000ރ

އެހެނިހެން ވަޒީފާ އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެން.ޖީ.އައި.އެސް ސިސްޓަމްގެ ޖިއޯޑޭޓާބޭސް ބެލެހެއްޓުމުގެ މަސައްކަތުގައި އެހީތެރިވެދިނުން
  2. އެންޖީއައިއެސްއަށް ބޭނުންވާ ޖިއޯސްޕޭޝަލް ޑޭޓާތައް ޖިއޯޑޭޓާބޭސްއަށް މައިގްރޭޓްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން
  3. އެންޖީއައިއެސްގެ ޖިއޯޑޭޓާބޭސް ބެކަޕްކޮށް ރައްކާތެރިކޮށްބަލަހައްޓުން
  4. ޖިއޯޑޭޓާބޭސްގައި މައުލޫމާތު އެކުލަވާލުމުގައި ސްޓޭކްހޯލްޑަރސްއާއި މަޝްވަރާބައްދަލުވުންތައް ރާވާ، ބޭނުންވާ ސަޕޯޓު ދިނުމުގައި އެހީތެރިވެދިނުން
  5. ޖިއޯޑޭޓާބޭސް އަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދިނުން
  6. ޖިއޯޑޭޓާބޭސް ޑިޒައިން ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  7. ޖީއައިއެސް ހާޑްވެއަރއާއި ސޮފްޓްވެއަރއާއިގުޅޭ ކަންތައްތަކުގައި އެހީތެރިވެދިނުން
  8. ޖީއައިއެސް ސޮފްޓްވެއަރ އަދި ހާޑްވެއަރ އިންސްޓޯލްކުރުމުގައި ސްޓޭކްހޯލްޑަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިން.
  9. ޑިޕާޓްމަންޓުގެ ސޮފްޓްވެއަރ އަދި ހާޑްވެއަރއަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އައިޓީ ސްޓާފުންނަށް އެހީތެރިވުން
  10. އެންޖީއައިއެސް ޖިއޯޑޭޓާބޭސްގެ ބެކަޕްތައް ހެދުމުގައި އެހީތެރިވެދިނުން
  11. މަތީގައިވާ ކަންތައްތަކާއި ގުޅިގެން:
  • ފޮނުވަންޖެހޭ ސިޓީ ޑްރާފްޓްކުރުން، ސިޓީތަކާއި ލިޔުންތައް ފައިލްކުރިން އަދި ފައިލްތައް ބެލެހެއްޓުން
  • މިނިސްޓްރީގެ ސެކްޝަންތަކަސް ފޮނުވަންޖެހޭ މެމޯ ޑްރާފްޓްކޮށް ފޮނުވުމާއި މެމޯ ފައިލްކޮށް ބެލެހެއްޓުން
  • އެހެން އޮފީސްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ކުރުން

12- ސެކްޝަނަށް އަންނަ ސިޓީތަކާއި ސެކްޝަނުން ބޭރަށްފޮނުވަންޖެހޭ ސިޓީތައް އެންޓަރކޮށް ބެލެހެއްޓުން

13- އަދި މީގެ އިތުރުން ސެކްޝަނުން ހަވާލުކުރާ ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުންހުރި މަސައްކަތްތައްކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004265  އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
  • ސުންގަޑި: 11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން 
  • އިންޓަރވިއު ބޭއްވޭނެ މުއްދަތު:

ޑިސެންބަރު މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ (http://www.housing.gov.mv ) ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. )
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (މޯލްޑީވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތާ ގުޅުން ހުރި ތަޢުލީމީ ސެޓްފިކެޓް ލިބިފައި ނުވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓްފިކެޓްގެ ލެވެލް އެނގޭނެ ލިޔުމެއް ހުށަހެޅުން (ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް )
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތަކާއި އަދި ސީވީ ފިޔަވައި އެޕްލިކޭޝަން ފޯރމްއާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ ކޮޕީ.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

5 ޞަފަރު 1436

27 ނޮވެންބަރު 2014