ދިވެހިރާއްޖެ
ކޮމްޕިއުޓަރ ގަތުމަށް ބޭނުންވެއްޖެ
މިމިނިސްޓްރީއަށް ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ކުރެވުނު ނަންބަރު: IUL)22-PU/1/2014/208) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ދެވިފައިވާ ސްޕެސިފިކޭޝަނާ ދިމާނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން މިތަކެތި ގަތުމަށް އިޢުލާން ކުރީމެވެ.
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
01 ޑިސެންބަރު 2014 ވާ (ހޯމަ) ދުވަހުގެ 11:00 އަށް |
04 ޑިސެންބަރު 2014 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަމްބަރު ފޯނާއެވެ.
02 ޞަފަރު 1436