ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2022/119
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:32
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯނޑެއްދޫ ބަނދަރުގެ އެއްގަމު ތޮށީގައި މުދާ، ބަރު ސާމާނާއި ވެލި ފަދަ ތަކެތި ބެހެއްޓުމާއިގުޅޭ؛

އެގިވަޑައިގަންނަވާނެ ފަދައިން ހޯނޑެއްދޫ ބަނދަރު މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިމިފައި ނުވުމުގެ ސަބަބުން ރަސްމީކޮށް ކައުންސިލާއި ބަނދަރު ޙަވާލުކޮށްފައި ނުވާތީ، ބަނދަރު ބޭނުން ކުރުމުގައި ހުރިހާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުން އެދެމެވެ.

ބަނދަރުގެ އެއްގަމު ތޮށީގައި ބައެއް ފަރާތްތަކުން މުދާ، ބަރު ސާމާނާއި ވެލި ފަދަ ތަކެތި ބަހައްޓާކަން ކައުންސިލަށް ފާހަގަ ކުރެވިފައިވާތީ، މިއަދުން ފެށިގެން 24 ގަޑިއިރަށްވުރެ އިތުރަށް އެއްވެސް ފަރާތަކުން ބަނދަރުގެ އެއްގަމު ތޮށީގައި މުދާ، ބަރު ސާމާނާއި ވެލި ފަދަ އެންމެހާ ތަކެތި ބެހެއްޓުމަކީ މަނާކަމެއްކަން ބަނދަރު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޑިސެންބަރު 2022