ތަމްރީނު
ނަންބަރު: (IUL)141-HR/141/2022/371
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 23 ޖަނަވަރީ 2008 00:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"ޔޫތު ލީޑް އެސް.ޑީ.ޖީ އެކްޝަން ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                                     އިޢުލާން

"ޔޫތު ލީޑް އެސް.ޑީ.ޖީ އެކްޝަން ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

        ކަނޑުތައް ހިމާޔަތް ކުރުމަށް ޒުވާނުންގެ މަސައްކަތް އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް އާއި ކޮމަންވެލްތް ޔޫތު ކްލައިމެޓް ޗޭންޖް ނެޓްވާރކްއާ ގުޅިގެން އިފްތިތާޙްކޮށްފައިވާ ބައިނަލް އަޤްވާމީ މުބާރާތެއް ކަމަށްވާ "ޔޫތު ލީޑް އެސް.ޑީ.ޖީ އެކްޝަން ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ލިބިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 15 ވަނަ ލަނޑުދަނޑި ކަމަށްވާ "ލައިފް ބިލޯ ވޯޓަރ" އާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށާއި ، ނޫ އިޤްތިޞާދު ކުރިއެރުވުމަށް އިސްނަގައިގެން ކުރެވިފައިވާ މަސައްކަތްތައް ދައްކުވައިދޭ 5 – 10 މިނެޓަށްވުރެ ކުރުނޫން ވީޑިއޯއެއް ހުށަހަޅަންވާނެއެވެ.

މި މުބާރާތަށް ވީޑިއޯ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ 3 ފަރާތަކަށް 1000 ޕައުންޑުގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

      ވީމާ މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުން 08 ޖަނަވަރީ 2023 ގެ ކުރިން www.wetransfer.com ވެބްސައިޓު އަދި [email protected] އީމެއިލް މެދުވެރިކޮށް އޮންލައިން ކޮށް ވީޑިއޯ ހުށަހެޅުއްވުން އެދެމެވެ.

 

އަދި މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ކަރުދާސް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

   ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22 ޑިސެންބަރު 2022