ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)431-AHP/1/2014/18
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 11 ޑިސެންބަރު 2014 12:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓަންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެމް އެސް 3 (މެނޭޖިރިއަލް ސާރވިސް 3) / އެސިސްޓަންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ/ ލޭންޑް ސެކްޝަން / ލޭންޑް އިންފޮރމޭޝަން އެންޑް މެނޭޖްމަންޓް ޔުނިޓް، ކ. މާލެ

މަޤާމު ނަންބަރު

253220

މުސާރައާއި އިނާޔަތްތައް

މުސާރަ: -/7035 ރ

ސަރވިސް އެލަވަންސް: -/2000ރ

އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާ ކުރިއެރުން ޙައްޤުވާ މާރކްސްއެއް ލިބެމުން ދިޔުމާއެކު:

  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން،ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން،ނުވަތަ
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާ އަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން، ނުވަތަ
  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައި ވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ލޭންޑް އިންފޮމޭޝަން  އެންޑް މެނޭޖްމަންޓް ޔުނިޓް ހިންގާ ބެލެހެއްޓުން.

2- ލޭންޑް އިންފޮމޭޝަން ސިސްޓަމް ގާއިމްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޯޑިނޭޓްކުރުން

3- ލޭންޑް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ މަޢުލޫމާތުއެއްކޮށް ލިބޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކޮށް އަޕްޑޭޓްކުރުމުގެ މަސައްކަތް ކޯޑިނޭޓްކުރުން

4- ލޭންޑް އިންފޮމޭޝަން ސިސްޓަމުގައިވާ މަޢުލޫމާތު އާއްމުކޮށް ފެންނާނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކޯޑިނޭޓްކުރުން

5- ދިވެހިރާއްޖޭގެ ބިމުގެ ދަފްތަރެއް ގާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޯޑިނޭޓްކުރުން

6- އޮފީހުގެ މަޤްސަދުތަކާއި، ރާވާފައިވާ ސްޓެޓަޖީތަކުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ކުރުން.

7- އަދި މީގެ އިތުރުން ސެކްޝަނުން ހަވާލުކުރާ ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުންހުރި މަސައްކަތްތައްކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004265 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ލީޑަރ ޝިޕް ހުނަރާ، ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތެއްކަމުގައި ވުން.
  2. ވަޒީފާއާއި ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާޢިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
  3. މެނޭޖްމަންޓްގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން
  • ސުންގަޑި: 11ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން 
  • އިންޓަރވިއު ބޭއްވޭނެ މުއްދަތު:

ޑިސެންބަރުމަހުގެ ތެރޭގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ހައުސިންގ މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ (http://www.housing.gov.mv) ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. )
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ( މޯލްޑީވްސް ކޮލިފިކޭޝަން އޮތޯރިޓީންއެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތާ ގުޅުން ހުރި ތަޢުލީމީ ސެޓްފިކެޓް ލިބިފައި ނުވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސެޓްފިކެޓްގެ ލެވެލް އެނގޭނެ ލިޔުމެއް ހުށަހެޅުން (ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯރޓް )
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.(ސީވީ)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތަކާއި އަދި ސީވީ ފިޔަވައި އެޕްލިކޭޝަން ފޯރމްއާއެކު ހުށަހަޅާ ހުރިހާ ލިޔުންތަކުގެ ކޮޕީ.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

05 ޞަފަރު 1436

27 ނޮވެންބަރު 2014