ދިވެހިރާއްޖެ
އިޢުލާން
ކުނިނަގާ އުކާލުމުގެ މަސައްކަތް އައުޓްސޯސްކުރުން.
މިރަށުގެ ގޭބިސީތަކާއި ވިޔަފާރިކުރާތަންތަނާއި އޮފީސްތަކުގެ އުފެދޭކުނިނަގާ އުކާލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 | ތަން | ތާރީޚް | ގަޑި | 
| މަޢުލޫމާތު ދިނުން | މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ | 27 ޑިސެމްބަރ 2022 | 11:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ | 02 ޖަނަވަރީ 2023 | 11:00 | 
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބާއެކު ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- އަގަށް 80%
- ތަޖުރިބާ 20%