ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)278/278/2022/21
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:43
ސުންގަޑި: 28 ޑިސެންބަރު 2022 13:00
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ނަރުދޫ މަސްޖިދުލް އަންވާރުގައި ވަގުތީ ގޮތުން، ބަންގިގޮވާ އިމާމުވެ ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު މަސްޖިދުލް އަންވާރުގައި 29 ޑިސެމްބަރ 2022 އިން 22 ޖަނަވަރީ 2023 އަށް ބަންގިގޮވައި އިމާމުވެ ނަމާދު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިގޮތުން ބަންގިގޮވައި އިމާމުވެ ނަމާދު ކުރެއްވުމާއި ޙަވާލުވެލައްވާ ފަރާތްތަކަށް އުޖޫރަ ދިނުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވީއެވެ.

#

މަޤާމް

ރޭންކް

މަސައްކަތްކުރާގަޑިއަކަށް

1

އިމާމު ސަނަދު އޮންނަ މީހަކަށް    ( ނަމާދުކުރާ ވަގުތަކަށް )

GS3

-/61 ރުފިޔާ

2

މުދިމު ސަނަދު ނެތްމީހަކަށް      ( ނަމާދުކުރާ ވަގުތަކަށް)

GS1

-/53 ރުފިޔާ

މިކަމަށް އެދިލައްވާ ފަރާތްތަކުން 28 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ސިޓީ ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި ހުށައަޅުއްވާ ސިޓީއާއިއެކު ތިރީގައި މިދަންނަވާ ތަކެތި ހުށައަޅުއްވަން ވާނެއެވެ.

  1. ތަޢުލީމީ ސެޓްފިކެޓް / ސަނަދު ތަކުގެ އަސްލާއި އެއްގޮތްކަން އަންގައިދޭ ކޮޕީ.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކަޑުގެ ދެފުއްފެންނަ ސާފު ކޮޕީއެއް، ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ފާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ އެކަން ބަޔާންކުރާ ލިޔުން .

   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

22 ޑިސެންބަރު 2022