ދިވެހިރާއްޖެ
އިޢުލާން - ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޕްރޮޖެކްޓްގެ ނަން: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލޯންޑްރީ އަށް ބޭނުންވާ ޑިސްޕެންސަރ އިންސްޓޯލް ކުރުމާއި، މިކަމަށް ބޭނުންވާނެ ތަމްރީނު މުވައްޒަފުންނަށް ފޯރުކޮށްދިނުން އަދި ކެމިކަލްސް/ޑިޓާޖެންޓް 1 (އެކެއް) އަހަރު ދުވަހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން. |
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ލޯންޑްރީ އަށް ބޭނުންވާ ޑިސްޕެންސަރ އިންސްޓޯލް ކުރުމާއި، މިކަމަށް ބޭނުންވާނެ ތަމްރީނު މުވައްޒަފުންނަށް ފޯރުކޮށްދިނުން އަދި ކެމިކަލްސް/ޑިޓާޖެންޓް 1 (އެކެއް) އަހަރު ދުވަހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ: (IUL)KRH-PLD/2022/89 (8 ނޮވެންބަރ 2022) ގައި ކުރެވުނު އިޢުލާނާ އެކުގައިވާ މަޢުލޫމާތު ކަރުދާހަށް ބަދަލު ގެނައުމަށް ބޭނުންވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. ވީމާ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް ދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ 22 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް މަޢުލޫމާތު ޝީޓުގެ އެނެކްސް-2 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކުރައްވާ ހުށަހަޅަން ވާނެއެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވެލައްވާ ނަމަ 3 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ދެންނެވިފައިވާ އީމެއިލް އަށް ފޮނުއްވާ ދެއްވުން އެދެމެވެ.
- މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައި ވާނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިން ރޫމް)
- 5 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި