ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)303-AS /303/2022/65
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 29 ޑިސެންބަރު 2022 11:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

1       ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލަށް 1.5 ޓަނުގެ ޕިކަޕެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)303-AS /303/2022/60(6 ޑިސެމްބަރ 2022 )ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅުއްވާފައި ނުވާތީ އަލުން ފުރުސަތު ހުޅުވާލަމެވެ.

  •   މިކައުންސިލަށް 1.5 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ޕިކަޕް ސަޕްލައިކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ ބިޑް ހުށަހަޅާފޯމް ފުރިހަމަކުރައްވައި 2022  ޑިސެމްބަރ 29 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާގަޑީގައެވެ.

 2       ބޭނުންވާ އުޅަނދުގެ މަޢުލޫމާތު

*         (އެކެއް) ޕިކަޕު

*         ޓަނޭޖް: 1.5  

*         ބްރޭޑް: ޓޮޔޮޓާ، ނިސާން، އިސުޒު، މިޓްސުބުސީ، މަޒްޑާ، ހިނޯ.

*         އުފެއްދި ތާރީޚް: 2018 ނުވަތަ 2018 އަށްވުރެ ފަސް

*         ޕަވަރގޭޓް

*         ކުލަ: ހުދު

*         އިންޖިން ކެޕޭސިޓީ: 3660 ސީސީ ނުވަތަ އެއަށްވުރެ މަތި

*         ހަކަތައިގެ ބާވަތް: ޑީސަލް

*         ޓްރާންސްމިޝަން ޓައިޕް: އޮޓޯގިއަރ

*         ހުންގާނު ޕޮޒިޝަން: ކަނާތްފަރާތު ހުންގާނު

*         ކޮންޑިޝަން: ރީކޮންޑިޝަންޑް

*         އޮރިޖިން: ޖަޕާން

*         އެއަރކޮންޑިޝަނަރ، ހީޓް ބްލޯވަރ، ކޮމް ސެޓް

*         ޑްރަމް ސައިޒް: 16

*         ރިއަރ ވީލް: ޑުއެލް

*         ފުރޮޅު: 7 ފުރޮޅު (ފަހަތްކޮޅުގައި 4 ފުރޮޅު، ކުރީކޮޅުގައި 2 ފުރޮޅު އަދި ރިޒާވް 1 ފުރޮޅު)

3      އިތުރު މަޢުލޫމާތު

*         މި ޕްރޮޖެކްޓްގައި ސަޕްލައިކޮށްދޭ ޕިކަޕް، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްދިނުން.

*         ރަޖިސްޓްރޭޝަނާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ސަޕްލަޔަރ ދައްކައިދިނުން.

*         ޕިކަޕް މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލާއި ހަމައަށް ޑެލިވަރކުރުން.

 4     ބިޑް ރަޖިސްޓްރޭޝަން

2022 ޑިސެމްބަރ 26 ވާ ހޯމަ ދުވަހުގެ 11:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

*         ވިޔަފާރީގެ ނަން

*         ވިޔަފާރި ރަޖިސްޓްރީ ނަންބަރު

*         ވެރިފަރާތުގެ ނަން

*         ވެރިފަރާތާއި ގުޅޭނެ ފޯނު ނަންބަރު

*         އީމއެއިލް އެޑްރެސް

5     އަގު ހުށަހަޅަންވީ ގޮތް

*         އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

*         އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

*         ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"ޕިކަޕް ގަތުން

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

ރ. އުނގޫފާރު، ދިވެހިރާއްޖެ"

6       ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް

*         ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

*         ވިޔަފާރީގެ ޕްރޮފައިލް

*         އަންދާސީ ހިސާބު ހުށަހަޅާ ފޯމް

*         3 މަސް ހަމަނުވާ ޓެކްސް ކުލިއަރެންސް ރިޕޯޓް

*         3 މަސް ހަމަނުވާ ބޭންކް ސްޓޭޓްމަންޓް

7       ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

*         އަގު %70

*         މުއްދަތު 10% 

*         ވޮރަންޓީ 10% (ވޮރަންޓީ 1 އަހަރަށްވުރެ ކުރުނަމަ ޕޮއިންޓެއް ނުލިބޭނެއެވެ. 1 އަހަރާއި 2 އަހަރާއި ދެމެދުނަމަ، 5 ޕޮއިންޓް، 2 އަހަރު ނުވަތަ އެއަށްވުރެ އިތުރުނަމަ، 10 ޕޮއިންޓް)

*         ވޮރަންޓީގެ މުއްދަތުގައި މަރާމާތު ކުރެވޭނެ ނުވަތަ ދޭނެ ޚިދުމަތްތައް ވޮރަންޓީ ލިޔުމުގައި ހިމަނަންވާނެއެވެ.

*         ވެހިކަލްގެ ޢުމުރު (2022 ވަނަ އަހަރުނަމަ 10 ޕޮއިންޓް، 2021 ވަނަ އަހަރުނަމަ 9 ޕޮއިންޓް، 2020 ވަނަ އަހަރުނަމަ 8 ޕޮއިންޓް، 2019 ވަނަ އަހަރުނަމަ 7 ޕޮއިންޓް، 2018 ވަނަ އަހަރުނަމަ 6 ޕޮއިންޓް،

*         އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.

*         އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތެވެ.

*         އަންދާސީ ހިސާބު އިވެލުވޭޓްކުރުމުގައި އެންމެ ދިގު ވޮރަންޓީ މުއްދަތު، ވޮރަންޓީގެ ބެންޗްމާކުގެ ގޮތުގައި ބަލާނެއެވެ.

*         ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.

*         ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

8      އިތުރު މަޢުލޫމާތު ސާފުކުރުން

 

މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 ޑިސެމްބަރ 28 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:    [email protected]

ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

  މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

22 ޑިސެންބަރު 2022