ދިވެހިރާއްޖެ
ޝައުޤު ވެރިކަން ހުށަހެޅުމުގެ ދަޢުވަތު
ރީޖަނަލް ޑިވެލޮޕްމަންޓް ޕްލޭންއަށް ސްޓެރެޓީޖިކް އެންވަޔަރަންމަންޓަލް އަދި ސޯޝަލް އެސްސްމަންޓް ތައްޔާރުކުރުމަށް ކޮންސަލްޓަންޓެއް ހޯދުން – ރީޖަން 2
MV-MONPI-326930-CS-CQS
މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް އެންޑް ރެސިލިއަންސް ޕްރޮޖެކްޓް
Grant No.:IDA-D5540
ވާރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތިގައި ލިބިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން "ރީޖަނަލް ޑިވެލޮޕްމަންޓް ޕްލޭންއަށް ސްޓެރެޓީޖިކް އެންވަޔަރަންމަންޓަލް އަދި ސޯޝަލް އެސްސްމަންޓް ތައްޔާރުކުރުމަށް ކޮންސަލްޓަންޓް" އެއް ހޯދުމަށްވަނީ ހަމަ ޖެހިފައެވެ.
މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ، މިޕްރޮޖެކްޓްގެ ދަށުން ތައްޔާރުކުރާ ރީޖަނަލް ޑިވެލޮޕްމަންޓް ޕްލޭންތަކުގެ ސަބަބުން ތިމާވެއްޓަށާއި އިޖްތިމާޢީ ކަންތައްތަކަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ސްޓްރެޓީޖިކް އެންވަޔަރަންމަންޓަލް އަދި ސޯޝަލް އެސެސްމަންޓް ތައްޔާރުކުރުމެވެ. މިމަސައްކަތުގެ މުއްދަތަކީ 06 މަސްދުވަހެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް https://planning.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޣުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. ޝޯޓްލިސްޓް ކުރެވޭ ކްރައިޓީރިއާ އަކީ: (ހ) 10 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން (ށ) މަސައްކަތާއި ގުޅޭދާއިރާއިން، އެންވަޔަރަންމަންޓަލް އަދި ސޯޝަލް އެސެސްމަންޓް ތައްޔާރުކުރުމުގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. (ނ) ރާއްޖެފަދަ ކުދި ގައުމުތަކުގައި މަސައްކަތްކޮއްފައިވުން. (ރ) ޓި.އޯ.އާރގައި ހިމެނިފައިވާ މަޤާމުތަކަށް އެކްސްޕާރޓުން ހިމަނަންވާނެ އެވެ. އީއޯ.އައި ސްޓޭޖްގައި މަޤާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ސީވީ އިވެލުއޭޓް ނުކުރެވޭނެއެވެ.
މިމަސައްކަތްކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.
މިމަސައްކަތަށް ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނީ ކޮންސަލްޓަންޓްސް ކުއަލިފިކޭޝަން ބޭސްޑް ސިލެކްޝަން މެތަޑް (ސީ.ކިއު.އެސް) އެވެ.
ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
މޯލްޑިވްސް އާރބަން ޑިވެލޮޕްމަންޓް ރިސިލިއަންސް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އެންވަޔަރަންމަންޓް
އަމީނީ މަގު، މާފަންނު
ކ.މާލެ، 20392
އީމެއިލް: [email protected]
ކޮޕީ : [email protected]