ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރު 2021/02 "އާންމު މައިދާންތަކާއި މަގުމަތީގައި ކާނާ ވިއްކާ ތަންތަނާއި ތަކެއްޗާއި އުޅަނދުތަކުން ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލު" ގެ ދަށުން ގާޑިޔާ ވިޔަފާރިކުރުމަށްޓަކައި، މިއަވަށުގެ ފަތާ ޓްރެކް ސަރަހައްދުން 01 އަހަރު ދުވަހުގެ މުއްދަތަށް 02 ބިން ކުއްޔަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ގާޑިޔާތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތްތަކަށެވެ. މިގޮތުން ޕޮއިންޓް ދިނުމުގައި ބަލާނީ ތިރީގައިވާ ކަންތައް ތަކަށެވެ. މާކްސް ދެވޭނެ ގޮތުގެ ތަފްސީލް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
- ސާފުތާހިރުކޮށް ތަން ޒީނަތްތެރި ކުރުމަށް ކުރާނެކަންތައްތައް (30)
- ގާޑިޔާގެ ކޮންސެޕްޓް، ('10×'20) ބިމުގައި (30)
- މިއަވަށުގެ ރައްޔިތެއް ކަމަށްވުން (40)
ވީމާ، މަތީގައި ދެންނެވިފައިވާ ސަރަހައްދުތަކުގައި ގާޑިޔާ ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން، ފޭދޫ އަވަށު އޮފީހުން މަޢުލޫމާތު ސާފުކުރުމަށްފަހު 29 ޑިސެންބަރު 2022 ގެ 14:00ގެ ކުރިން ފޭދޫ އަވަށު އޮފީހަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6892018 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
28 ޖުމާދަލްއޫލާ 1444
22 ޑިސެންބަރު 2022