ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-C1/1/2022/322
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 21 ޖަނަވަރީ 2023 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކްރިސްމަސް ދުވަސް ފާހަގަކުރުމާއި ގުޅޭ

  އެކިއެކި ޤައުމުތަކުގައި މިއަހަރުގެ ކްރިސްމަސް ދުވަސް ޣައިރު މުސްލިމުން ފާހަގަކުރި ކަމުގައިވިޔަސް ކްރިސްމަސް ދުވަހާ ގުޅިގެން އެފަދަ އެއްވެސް ހަރަކާތެއް މާލޭ ސިޓީގައި ހިންގުމަކީ މި ކައުންސިލުން އެއްވެސް ހާލެއްގައި ހިތްވަރު ދޭ ކަމެއް ނޫންކަމަށާއި އެފަދަ އަމަލުތައް މާލޭ ސިޓީގައި ހިންގުމަކީ މި ކައުންސިލުން ހުއްދަދޭ ކަމެއް ނޫންކަމުގައި ދަންނަވަމެވެ.

  ވީމާ، މާލޭ ސިޓީގެ އެއްވެސް ތަނެއްގައި މިފަދަ އަމަލުތައް ނުހިންގުމަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ.

 

21 ޑިސެންބަރު 2022