މަސައްކަތް
ނަންބަރު: (IUL)13-K/13/2022/393
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 19 ޖަނަވަރީ 2023 21:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓްގެ ދަށުން ޕަބްލިކް އެވެއަރނަސް ކޮންސަލްޓަންޓް (ފާރމް)އެއް ހޯދުމުގެ މަސައްކަތް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު   

ޕަބްލިކް އެވެއަރނަސް ކޮންސަލްޓަންޓް (ފާރމް)އެއް ހޯދުމުގެ މަސައްކަތް

1. ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އަދި އެހެން މަލްޓި ޑޯނަރސް ދިނުމަށް ހަމަޖެހިފައިވާ ފައިސާއިން  ހިންގުމަށް ހަމަޖެހިފައިވާ ގްރޭޓަރ މާލެ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓްގެ ދަށުން ޕަބްލިކް އެވެއަރނަސް ކޮންސަލްޓަންޓް (ފާރމް)އެއް ހޯދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. މިމަސައްކަތުގެ މައިގަނޑު މަޤުޞަދަކީ ޕަބްލިކް އެވެއަރނަސް އަދި ބިހޭވިއޮރަލް ޗޭންޖް ޕްރޮގްރާމެއް ޑިޒައިން އަދި އިމްޕލިމެންޓް ކުރުމެވެ. އަދި މި ޕްރޮގްރާމަކީ ވޭސްޓް ޓު އެނަރޖީ، 3-އާރ އަދި ޕަބްލިކް ބައިވެރިވުން ހިމެނޭހެން ދެމެހެއްޓެނިވި ގޮތަށް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ގްރޭޓަރ މާލެ ރީޖަން އަދި ޒޯން 3ގެ ރަށްތަކަށް ސަރވިސް ދެވޭހެން ތައްޔާރުކުރެވޭ ޕްރޮގްރާމަކަށް ވާންވާނެއެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝާރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖްރިބާ، މަސައްކަތަށް ހުށަހާޅާ ފަރާތްތަކަށް ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މަޢްލޫމާތު) ހުށަހަޅަން ވާނެއެވެ.

4. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، އޭ،ޑީ.ބީގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އޭ.ޑީ.ބީ ބޮރޮވަރސް (2017)" އާއި އެއްގޮތަށް ކުއަލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުންނެވެ.

5. މަސައްކަތާއި ގުޅޭ މަޢްލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން    : 9603349113+| 9603349106+| 9603349147+   

އީމެއިލް  : [email protected]

ކޮޕީ     : [email protected]

6. މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންވާނީ، އޭ.ޑީ.ބީ ކޮންސަލްޓަންޓް މެނޭޖްމަންޓް ސިސްޓަމް (ސީ.އެމް.އެސް) – ކޮންސަލްޓިންގް ސަރވިސަސް ރެކްރޫޓްމަންޓް ނޯޓިސް (ސީ.އެސް.އާރ.އެން) ވެބަސައިޓް (http://csrn.adb.org) މެދުވެރިކޮށެވެ. އަދި ހާޑް ކޮޕީ އާއި މިނޫން ގޮތަކަށް ހުށަހެޅޭ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ބަލައެއްނުގަނެވޭނެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖަނަވަރީ 19ވާ ބުރާސްފަތި ދުވަހުގެ 21:00ގެ ނިޔަލަށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް މަތީގައި ބަޔާންކުރެވިފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ.

21 ޑިސެންބަރު 2022