ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-/343/2022/112
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި:
19 ޖަނަވަރީ 2023 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމާއި ގުޅޭ :
އިޢުލާން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމާއި ގުޅޭ :
1444 ވަނައަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމަށްޓަކައި، އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު 22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
- ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް 22 ޑިސެމްބަރ 2022 އިން ފެށިގެން މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
- ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް ބަލައި ގަތުމަށް ހަމަޖެހިފައިވަނީ 22 ޑިސެމްބަރ 2022 އިން ފެށިގެން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 އަށް ކަމުގައި ދަންނަވަމެވެ. އަދި 19 ޖެނުއަރީ 2023ވަނަ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ފޯމް ފުރިހަމަކޮށް ހުށަހަޅުއްވާއިރު ފޯމާއިއެކު ހުށަހެޅުމަށް ބަޔާންކޮށްފައިހުރި ލިޔުންތައް ހަމަކުރައްވައި ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޑިސެމްބަރ 2022
20 ޑިސެންބަރު 2022