ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2022/72
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި:
05 ޖަނަވަރީ 2023 13:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުން
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ބޭނުންވެއްޖެއެވެ.
ބޭނުންވާ ޢަދަދު 01 ( އެކެއް )
ޝަރުތު
- ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް (A,B,C,D,G) އޮތް މީހަކު ކަމުގައިވުން
- ސްކިޕަރ ކްލާސް 5 ނުވަތަ ނިޔަމި ކަމުގެ ސަނަދު 1 ، 2 ފުރިހަމަ ކޮށްފައިވާ މީހަކު ކަމުގައިވުން.
- ފާއިތުވި ތިން އަހަރު ކަނޑުއުޅަނދު ދުއްވުމުގެ ޤަވާޢިދާޚިލާފުވެ ކުށެއްކޮށްފައި މީހަކު ކަމުގައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް ހުށަހަޅަންވާނެއެވެ.)
- ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
- މިއިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން
އެގުޒަމިނަރުކަން ކުރާފަރާތްތަކަށް ބޭރުގައި އިންޖީނުއެޅި އުޅަނދުފަހަރުގެ ކޮންމެ ކެޓެގަރީއަކަށް -/50ރ (ފަންސާސް) ރުފިޔާ އަދި އެތެރޭގައި އިންޖީނުއެޅި އުޅަނދުފަހަރުގެ ކޮންމެ ކެޓެގަރީއަކަށް -/75ރ (ހަތްދިހަފަސް) ރުފިޔާގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2023 ޖަނަވަރީ 05 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
21 ޑިސެންބަރު 2022