މަސައްކަތް
ނަންބަރު: (I)288/2022/133
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 03 ޖަނަވަރީ 2023 00:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
[ނ. ކުޑަފަރި ކްލަބް ހައުސް ކޮމްޕްލެކްސް] އިމާރާތްކުރުން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ފަންޑުކޮށްގެން، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީގައި އިމާރާތްކުރާ [ނ. ކުޑަފަރީ ކްލަބް ހައުސް ކޮމްޕްލެކްސް] އިމާރާތްކުރުމުގެ މަސައްކަތްކޮށްދެއްވާން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، އެ ކަމަށް އެދި ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވައިލައި 2022 ޑިސެންބަރު 8 ވަނަ ދުވަހު ކުރި (I)288/2022/126 ނަންބަރު އިޢުލާނާ ގުޅިގެން އެ ކަމަށް ޝައުޤުވެރިކަން ފާޅުކުރައްވައި އެއްވެސް ފަރާތަކުން ބީލަމެއް ހުށަހަޅުއްވައިފައި ނުވާތީވެ، އެ މަސައްކަތަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

ބީލަމުގައި ބައިވެރިވެލެއްވޭނީ، އެ ކަމަށް އެދިލައްވައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރައްވާން ހުށަހަޅުއްވާނީ 2022 ޑިސެންބަރު 27 ވާ އަންގާރަ ދުވަހު މެންދުރު 12:00ގެ ކުރިން، ދީފައިވާ ލިންކު ގައި ވާ ފޯމު ފުރިހަމަކުރައްވައިގެންނެވެ.

ބީލަމުގައި ބައިވެރިވެލައްވާން ރަޖިސްޓްރީވެލައްވާ ތާރީޚުން ފެށިގެން 2023 ޖަނަވަރީ 2 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ބީލަން ފޮތް ބައްލަވައިގަތުމުގެ ފުރުޞަތު ލިބިލައްވާނެއެވެ.

https://forms.gle/WQN8PxVy26tjd4Z58

ބީލަމާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިއަށްދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

27 ޑިސެންބަރު 2022، (އަންގާރަ،) 13:00

ބީލަން ހުށަހެޅުމުގެ ބައްދަލުވުން

3 ޖަނަވަރީ 2023، (އަންގާރަ،) 13:00

 

މި މަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރައްވައިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވެލައްވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅުއްވާން ވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯއަކާ އެކު ފޮނުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ އެ ކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޮތުންނެވެ. ބީލަން ފޮތެއްގެ އަގަކީ 100.00ރ. (އެއް ސަތޭކަ ރުފިޔާ) އެވެ.

މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތަކާއި ބީއޯކިޔު މި އިޢުލާނާ އެކު ގެޒެޓުކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު، ސާފުކުރައްވާން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

ކައުންސިލް އިދާރާގެ ފޯނު ނަންބަރު:

6560015

ކައުންސިލް މޯބައިލް ފޯނު ނަންބަރު:

7763264

ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް:

[email protected]

ޕްރޮޖެކްޓް ފޯކަލް ޕޮއިންޓް

(މުޙައްމަދު ޙަލީމް، ސީނިއަރ ކައުންސިލް އޮފިސަރ):

9873141

 

27 ޖުމާދަލްއޫލާ 1444ހ.

21 ޑިސެންބަރު 2022މ.

21 ޑިސެންބަރު 2022