ޢާންމު މަޢުލޫމާތު
ނަންބަރު: 182-MTG/2014/23
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:48
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ރާއްޖެއަށް ޑޮކްޓަރީ ބޭސް އެތެރެކުރުމާބެހޭ

20 ޖަނަވަރީ 2015 އިން ފެށިގެން ބޭހާބެހޭ ގަވާއިދު (ނަންބަރު R-46/ފ2014) އަށް ޢަމަލުކުރަން ފެށުމުން މި ގަވާއިދުގެ 6.10 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް ޑޮކްޓަރީބޭސް އެތެރެކުރެވޭނީ ރާއްޖެއަށް ޑޮކްޓަރީ ބޭސް އެތެރެކުރުމަށް މިއޮތޯރީޓީއިން ހުއްދަ ލިބި، އަދި މިއޮތޯރިޓީގައި ރަޖިސްޓަރީވެފައިވާ ބޭސްގުދަނެއް ހުންނަ ފާރާތްތަކަށެވެ.

ވީމާ، ބޭސް އެތެރެކޮށް ވިއްކާ ޢާންމުފިހާރަތަކުގެ މަޢުލޫމާތަށްޓަކައި މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. އަދި މިތާރީޚުން ފެށިގެން ޢާންމުފިހާރަތަކުން ހުއްދަ ނުނަގާ ބޭސް އެތެރެކޮށް ވިއްކުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3014322 ފޯނާ ގުޅުއްވުން އެދެމެވެ.

03 ޞަފަރު 1436

25 ނޮވެންބަރު 2014