ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ހިރިޔާ ސްކޫލުގެ ކެންޓީން ހިންގާނެ ފަރާތެއް ހޯދަން ކުރި އިޢުލާން (ނަންބަރު: (IUL)HS-BDG/HS/2022/119 އާއި ގުޅިގެން ބީލަން ހުށަހެޅުމަށް އެއްވެސް ފާރާތަކުން ޙާޟިރުވެފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތާ ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައި ހިރިޔާ ސްކޫލުގައެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގައި ހިރިޔާ ސްކޫލުގައެވެ.
އަންދާސީ ހިސާބު ހަށަހެޅޭނީ މަތީގައި ދެންނެވިފައިވާ ތާރީޚްގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. ބީލަން ފޮތް (މަޢުލޫމާތު ޝީޓް/ ޖަދުވަލް) މި އިޢުލާނާއި އެޓޭޗް ކުރެވިފައި އެވަނީއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.