ކުއްޔަށް ދިނުން
ނަންބަރު: (IUL)419/419/2022/127
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 10 ޖަނަވަރީ 2023 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ވިޔަފާރި މަރުކަޒެއް ހިންގުމަށް ބިން ކުއްޔަށްދިނުން (އާސްމާނުވިލާ ގޯތިގެ ހުޅަނގުން އޮތް ހުސްބިން)

ގދ.ގައްދޫ އިން ވިޔަފާރި މަރުކަޒެއް ހިންގުމަށް ބިން ކުއްޔަށްދިނުން

                     ގދ.ގައްދޫ ދެކުނު ބަނދަރު ސަރަޙައްދު މަސްވެރިންގެ ހިޔާގެ ގޮތުގައި ހަދަންފެއްޓިފައިވާ ޢިމާރާތް ހުރި ބިން އެބިމުގެ އުތުރު (ޝާރިއުލްއަމީން މަގާއިގުޅޭ) ކަންމައްޗާއި ހަމައަށް ވިޔަފާރި ބޭނުންތަކަށް ތަރައްޤީކޮށް މަސްވެރިންނާއި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް މަންފާ ކުރާނެ ގޮތަކަށް 15 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ބޭނުންވެއެވެ.

              ވީމާ، މިބިމުގައި ވިޔަފާރި މަޒުކަޒެއް ތަރައްޤީކޮށް ހިންގުމަށޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 10 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

20 ޑިސެންބަރު 2022