ކުއްޔަށް ހިފުން
ނަންބަރު: (IUL)GS129/2022/18
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 26 ޑިސެންބަރު 2022 13:00
ފައިނު ސްކޫލް
ދިވެހިރާއްޖެ
ސުކޫލަށް ގުދަނެއް ކުއްޔަށް ހިފުން

ސުކޫލަށް ގުދަނެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް

2023 ވަނަ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް މިސްކޫލަށް ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، ގުދަނެއް ކުއްޔަށްދޭން ޝައުގުވެރިވާ ފަރާތްތަކުން 26 ޑިސެމްބަރ 2022 ވާ ހޯމަދުވަހުގެ ހެނދުނު 13:00ގައި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޑިސެމްބަރ 2022 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 13:00އަށް މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

އަގު ހުށައެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. އިތުރު ތަފްސީލް، މައުލޫމާތު ޝީޓްގައި އާއްމުކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6580358 ފޯނާއި ގުޅުއްވުން އެދެމެވެ.

20 ޑިސެންބަރު 2022