ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343-AS/343/2022/111
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 27 ޑިސެންބަރު 2022 14:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްބީޗްގެ މަސައްކަތް ކުރާނެ މުވައްޒަފެއް ހޯދުމާގުޅޭ

މި އިޢުލާންވަނީ 26 ޑިސެންބަރު 2022 11:22 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މިކައުންސިލްގެ ބެލެހެއްޓުމުގެ ދަށުގައިވާ ގެސްޓްބީޗްގެ މަސައްކަތް ކުރާނެ މުވައްޒަފެއް ހޯދަން ބޭނުންވާތީ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު: ކައުންސިލް އެސިސްޓެންޓް (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު: 1 (އެކެއް)

 

ވަޒީފާ އަދާކުރަން ޖެހޭ ތަން: އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ 
ގެސްޓް ބީޗް

 

ވަޒީފާ އަދާކުރާ ވަގުތު: ހެނދުނު 6:00 މެންދުރުފަހު 11:00 އަށް.

 

އަސާސީ މުސާރަ :

މަހަކު -/7000 (ހަތްހާސް ރުފިޔާ)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކޮންމެދުވަހަކުވެސް މަދުވެގެން އެއްފަހަރު ބީޗް ކުނިކަހައި ސާފުކުރުމާއެކު ބީޗްގައިހުންނަ ކުދި، ބޮޑު ގައުތައް ނަގައި ސާފުކުރުން.

2. ބީޗަށް ލައްގާ އެކިބާވަތްބާވަތުގެ ކުނި، މަދުވެގެން ދުވާލަކު އެއްފަހަރު ނަގައި ސާފުކުރުން.

3. ބީޗްގައި ބަހައްޓާފައިހުންނަ ގޮނޑި، މޭޒު ފަދަތަކެތި މަދުވެގެން ދުވާލަކު އެއްފަހަރު ފޮޅައި، ސާފުކޮށް އަދި ތަރުތީބު ކުރުން.

4. ބީޗްގައި ހުރި ގަސްތަކުން ތިރިޔަށް އެލިފައިހުންނަ އަދި އެލެމުން ނުވަތަ ތިރިވަމުންދާ ގޮފިތައް ކަނޑައި، ސާފުކޮށް އުކުން.

5. ކޮންމެ ދުވަހެއްގެވެސް ހަވީރު 5:30 އާއި ރޭގަނޑު 7:00އާއި ދެމެދު ބީޗްގައި ބަހައްޓާފައި ހުންނަ ގޮނޑި، މޭޒްފަދަ ތަކެތި (މޫދަށް އޮޔާނުދާނެހެން) އެއްގަމަށް އެރުވުން.

6. ކޮންމެ ދުވަހެއްގެ ހެނދުނު 9:00ގެ ކުރިން ސޮއިކުރަން ކަނޑައެޅިފައިވާ އިދާރާއަކަށް ދުރުވެ އެދުވަހަކު ހާޒިރުވިކަމުގެ ސޮއި ކުރުން.

7. މަލްޓީޕާރޕޯސް ރޫމާއި ގޯތިތެރެ ހަފްތާޔަކު ދެފަހަރު ސާފު ކުރުން.

8. މަލްޓި ޕާރޕޯސް ރޫމުގައި ޙަރަކާތެއް ހިންގައި ޖަމާވާ ކުނިބުނި ކުނި ގޮނޑަށް ގެންދިއުމާއި ، ތަން ސާފުކުރުން.

9. ކައުންސިލުން ކަނޑައަޅަ ގޮތެއްގެ މަތިން ގެސްޓްބީޗުގައި ހުންނަ ކައުންސިލުގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުން.

10. ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކެޓްރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީ ވުން.

 

 

 

މަޤާމުގެ ޝަރުޠުތައް: 
1. ލިޔަންކިޔަން އެނގުން
2. ދިވެއްސަކު ކަމުގައިވުން
3. އުމުރުން 55 އަހަރު ފުރިފައިވާ މީހަކު ކަމުގައި ނުވުން

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 2022 ޑިސެންބަރ 27 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިޢިދާރާގެ އީ މެއިލް އެޑްރެހަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.

 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660900 އަށެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

 

26 ޖުމާދުލްޢޫލާ 1444

 20 ޑިސެންބަރ 2022

20 ޑިސެންބަރު 2022