ނީލަން
ނަންބަރު: (IUL)225-BF/225/2022/58
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 29 ޑިސެންބަރު 2022 10:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގައި ހުރި ބައު ތަކެތި ނީލަން ކިއުމާބެހޭ

މި އިދާރާގައި ހުރި ބައު ތަކެތި ނީލަން ކިއުމާބެހޭ (ދެވަނަ ފަހަރަށް އިޢުލާން ކުރުން)

މި އިދާރާގައި ހުރި ބައު ތަކެތި ދުވަހު ނީލަމުގެ އުސޫލުން ނީލަން ކިއުމަށް ކުރެވުނު ނަންބަރު (IUL)225-BF/225/2022/51 (07 ޑިސެންބަރު 2022) ގެ އިޢުލާނާއި ގުޅިގެން ނުވިކިހުރި ތަކެތި އަލުން ނީލަން ކިއުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުމަށް ހަމެހިފައިވާ ތަކެތީގެ މައުލޫމާތާއި ނީލަން ފެށުމަށްހަމަޖެހިފައިވާ އަގު، އަދި ހުށަހަޅާ އަގަށް އިތުރު ކުރެވޭ އެންމެ ކުޑައަގު މިއިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 2022 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި އިދާރާގެ ގޯތި ތެރެއަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން މި އިދާރާއަށް ވަގުތުން ފައިސާ ދެއްކެވުމަށްފަހު، 48 ގަޑިއިރުގެ ތެރޭގައި ތަކެތި ގެންދެވުން އެދެމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ނުގެންދަވައިފިނަމަ، އެ ތަކެތި ނައްތާލެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

20 ޑިސެންބަރު 2022