ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)298/298/2022/68
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 19 ޖަނަވަރީ 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން

 

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު 22 ޑިސެންބަރު 2022 އިން 19 ޖަނަވަރީ 2023 ގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

މިފުރުސަތުގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިހާރު ރަޖިސްޓްރީވެފައިވާ އާއިލާތަކުން އަލުން ރަޖިސްޓްރީވާން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ނަމަވެސް، ދަފްތަރުގައި ރަޖިސްޓްރީވެފައިވާ އާއިލާތަކުގެ ތެރެއިން 19 ޖަނަވަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހަކު ހިމެނޭ އާއިލާތަކުން ދަފްތަރުގައި ރަޖިސްޓްރީވުމަށް އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު 20 ޑިސެންބަރު 2022 އިން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:00 ށް މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ފޯމު ބަލައިގަތުމުގެ މަސައްކަތް  22ޑިސެންބަރު 2022 އިން  19ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 13:00 ށް މި ކައުންސިލްގެ އިދާރާގައި ކުރިއަށް ދާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

20 ޑިސެންބަރު 2022