ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަންބަރު IUL/2022/480/75 (22ނޮވެންބަރު 2022) އިޢުލާނުން ހުޅުވާލެވުނު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި އިޢުލާނުތަކުގައިވާ އަންނަނިވި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތުގެ މުއްދަތު އިތުރުކޮށް މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
އިސްވެދެންނެވުނު ޢިއުލާނާގުޅިގެން މި މަޤާމުތަކަށް ކުރިން ކުރިމަތިލައްވާފައިވާ ފަރާތްތަކުން މި މަޤާމުތަކަށް އެދި އަލުން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ.
މަޤާމު: |
ޕްރޮގްރާމް ސެކްރެޓަރީ |
ބޭނުންވާ ޢަދަދު: |
1 (އެކެއް) |
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ދިވެހިރާއްޖޭގެ ބާ ކައުންސިލް / މާލެ |
މަޤާމުގެ ގިންތި: |
ދާއިމީ |
އަސާސީ މުސާރަ: |
-/6،000 ރުފިޔާ |
މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: -/4،500 ރުފިޔާ - ފޯނު އެލަވަންސް: -/250 ރުފިޔާ - މިއެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. |
އަސާސީ ޝަރުޠުތައް: |
- އޮފީސް މެނޭޖްމަންޓް، އެޑްމިނިސްޓެރޭޝަން، ނުވަތަ ގުޅޭ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން |
މަޤާމުގެ މަސްއޫލިއްޔަތުތައް: |
- ބާ ކައުންސިލްގެ ދާއިމީ ސަބްކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން؛ - ބާ ކައުންސިލުގެ އެކިއެކި ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް ބަލަހައްޓައި ބާ ކައުންސިލްގެ އެކިއެކި މަސައްކަތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުމާއި ރިޕޯޓުތައް ތައްޔާރުކޮށް ބެލެހެއްޓުން؛ - މަސައްކަތާ ގުޅޭ ގޮތުން ބާ ކައުންސިލުން އިންތިޒާމުކުރާ އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތައް ރާވައި ހިންގާ ބެލެހެއްޓުން؛ - އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޢާންމުންނަށް ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ފޯރުކޮށް ދިނުމަށް އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުން؛ - މަސައްކަތްތަކާ ގުޅިގެން ވެބްސައިޓަށް ލާންޖެހޭ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން؛ - މަސައްކަތާ ގުޅޭ ގޮތުން އެކިއެކި ޖަލްސާ ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބާ ކައުންސިލު ތަމްޘީލުކުރުން؛އަދި - އޮފީހުގެ މަސައްކަތާގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް އިސްކަންދެވޭނެއެވެ. |
އިތުރު މަޢޫލާމާތު |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށް، 29 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން. އީމެއިލް ކުރަށްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ. |