މަސައްކަތް
ނަންބަރު: 145-SP/2014/86
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 01 ޑިސެންބަރު 2014 11:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ކޯޓު ކަލަންޑަރު ޑިޒައިންކޮށް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް

ކްރިމިނަލް ކޯޓުގެ 2015 ވަނަ އަހަރުގެ ކޯޓު ކަލަންޑަރު ޑިޒައިންކޮށް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު SP/2014/8109-ފ145 (09 ނޮވެންބަރު 2014) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ ހަމައެކަނި 02 ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް 2015 ވަނަ އަހަރުގެ ކޯޓު ކަލަންޑަރު ޑިޒައިންކޮށް ޗާޕުކުރާނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ވީމާ، މިދެންނެވި ކަލަންޑަރު ޑިޒައިންކޮށް ޗާޕުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ޑިސެންބަރު 01 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލްކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ޑިސެންބަރު 04 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

01 ޞަފަރު 1436

23 ނޮވެންބަރު 2014