ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/I/2022/139
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 28 ޑިސެންބަރު 2022 12:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އެގްޒެކެޓިވް އެސިސްޓަންޓް (ގްރޭޑް 1)

މަޤާމް :ސީނިއަރ އެގްޒެކެޓިވް އެސިސްޓަންޓް (ގްރޭޑް 1)
ބޭނުންވާ އަދަދު :1
 

މަސައްކަތް ކުރަންޖެހޭތަން

 އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޑިޕާޓްމަންޓް

 އޮޑިޓަރ ޖެނެރަލްގެ ބިއުރޯ

އަސާސީ މުސާރަ

 -/9,000 (ނުވަ ހާސް) ރުފިޔާ

ސަރވިސް އެލަވަންސް

ސަރވިސް އެލަވަންސް (ފިކްސްޑް): -/3،300 

ދުވާލަކަށް -/120ރ (ދުވާލަކަށް)

ލިވިންގ އެލަވަންސް

 -/2500 (ދެހާސް ފަސް ސަތޭކަ) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

 ޑިގްރީ  ހާސިލްކޮށްފައިވާނަމަ -/1000(އެއްހާސް) ރުފިޔާ

 އެޑްވާންސް ޑިޕްލޮމާ  ހާސިލްކޮށްފައިވާނަމަ -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ  ހާސިލްކޮށްފައި ވުމާއިއެކު އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ މެނޭޖްމަންޓް ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައި ވުމާއެކު އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ މެނޭޖްމަންޓް ދާއިރާއިން ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން. 
  3. ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އޮޑިޓަރ ޖެނެރަލް ބިއުރޯއަށް އަންނަ ސިޓީ/އީމެއިލް އަށް ބިއުރޯގެ އިސްވެރިޔާއާއި މަޝްވަރާކޮށް ޖަވާބުދިނުން.
  2. އޮޑިޓަރ ޖެނެރަލްގެ އެންމެހާ ބައްދަލުވުންތައް ބިއުރޯގެ އިސްވެރިޔާގެ މަޝްވަރާގެ މަތިން ރާވާ ހަމަޖެއްސުން.
  3. އޮޑިޓަރ ޖެނެރަލްގެ ބިއުރޯއިންރާވާ އެންމެހާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުމާއި އެބައްދަލުވުންތައް ބޭއްވޭ ތަނުގެ އެންމެހާކަންކަން ހަމަޖެއްސުން.
  4. އޮޑިޓަރ ޖެނެރަލް ބައިވެރިވެ ވަޑައިގަންނަވާ އެންމެހާ ދަތުރުތަކުގެ ކަންކަން ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ރާވާ ހިންގުމާއި މިބައްދަލުވުންތަކުގެ ދަތުރު ރިޕޯރޓް ތައް ކަޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ތައްޔާރުކުރުން.
  5. އޮޑިޓަރ ޖެނެރަލް ބައިވެރިވެ ވަޑައިގަންނަވާ އެންމެހާ ބައްދަލުވުންތަކާއި ދަތުރުތަކުގެ ޝެޑިއުލް ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ތައްޔާރުކުރުން.
  6. އޮޑިޓަރ ޖެނެރަލްގެ ކެބިން އަދި ކެބިންއާއިގުޅިފައިވާ އެހެނިހެން ތަންތަނުގެ ސާފުތާހިރުކަން ކަމާގުޅުންހުރި ފަރާތްތަކާއި ގުޅިގެން ބެލެހެއްޓުން. އަދި ކެބިންގައި ހުންނަންޖެހޭ ތަކެތި ހަމަކޮށް ތަރުތީބުކޮށް ބެލެހެއްޓުން.
  7. އޮޑިޓަރ ޖެނެރަލް ބިއުރޯގެ އެންމެހާ ކަންތައްތައް ރާވައި އިންތިޒާމްކުރުން.
  8. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު     ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ     ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް     ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ     އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި     ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި         ޓްރާންސްކްރިޕްގެ ކޮޕީ

  1. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
  2. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  3. ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި

28 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  ,33482003348275  ނަންބަރު  ފޯނަށެވެ. 

20 ޑިސެންބަރު 2022