ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)287/287/2022/35
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 19 ޖަނަވަރީ 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓުރީވުމާއި ގުޅޭ

 

 އިޢްލާނު

                                                              

 

މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒްއިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓުރީވުމަށްއެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 ވަނަދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ފުރުޞަތުގައި އަލުން ފޯމު ހުށައަޅާކަށް ނުޖެހޭނެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 19 ޖެނުއަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމު ހުށައަޅަންޖެހޭނެއެވެ.  

 

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓުރީވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ. މިކަމަށްއެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިންމެންދުރުފަހު 13:00 އަށެވެ. މިމުއްދަތުގެ ތެރޭގައި ފޯމް ހުށަހަޅުއްވާއިރު ފުރިހަމަކޮށްފައިވާ ފޯމާއި ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނު ކުރީމެވެ.

20 ޑިސެންބަރު 2022