މަސައްކަތް
ނަންބަރު: GS135/IUL//2022/16
ޕަބްލިޝްކުރި ތާރީޚް: 20 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 27 ޑިސެންބަރު 2022 14:00
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

2023 ވަނައަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު      GS135/IUL/2022/15ނަމްބަރު އިޢުލާނަށް ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށް ވާތީވެ އެ އިޢުލާން ބާޠިލް ކޮށް ދެވަނަ ފަހަރަށް  އިޢުލާން ކުރަމެވެ.

          ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޑިސެމްބަރ 2022 އިން 27 ޑިސެމްބަރ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ހާޒިރުވެ ނުވަތަ ފޯނު މެދުވެރިކޮށް ސްކޫލް އޮފީހުގައި ނަންނޯޓް ކުރުން އެދެމެވެ. އަދި ނަން ނޯޓްކުރާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބާއެކު މި ސްކޫލަށް ޙާޟިރުވުން އެދެމެވެ.

 

މައުލޫމާތު ދިނުމުގެ ސެޝަން

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުން

2022 ޑިސެމްބަރ 28 ވާ އަންގާރަ ދުވަހުގެ 11:00

2023 ޖަނަވަރީ 2 ވާ ހޯމަ ދުވަހުގެ 11:00

  

        މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް  އަންދާސީ ހިސާބު ހުށައަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6600020 ފޯނަށް ގުޅުއްވުން އެދެމެވެ.

         ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

20 ޑިސެންބަރު 2022