ދިވެހިރާއްޖެ
ިޢުލާން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
1444ވަނައަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭފަރާތް ތަކަށް އެފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ވަނީ ހުޅުވާލާފައެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީ ވުމަށް އެދޭފަރާތްތަކަށް ފޯރމް ދޫކުރުން މިއަދުން ފެށިގެން 2023 ޖެނުއަރީ 19ގެ ނިޔަލަށް ހުޅުވާލަމެވެ.
ވީމާފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދޭފޯމް މިއަދުންފެށިގެން ރަސްމީ ބަންނޫން ކޮށްމެ ދުވަހަކު މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ފޯމް ބަލައިގަންނާނީ 2022 ޑިސެމްބަރ22 ން ފެށިގެން 2023 ޖެނުއަރީ 19 ނިޔަލަށް ރަސްމީ ބަންދުނޫން ކޮށްމެ ދުވަހެއްގެ ހެނދުނު 9:00ން 14:00ގެ ނިޔަލަށެވެ.
އަދި މިހާރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމުގައި ދެންނެވީމެވެ.
ވީމާ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.