ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)358/358/2022/9
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:53
ސުންގަޑި: 28 ޑިސެންބަރު 2022 02:00
ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

ވ.ތިނަދޫގެ މަގުތަކުގައި ފެނާއި ނަރުދަމާގެ ހޮޅިތައް ވަޅުލުމަށާއި، އަލަށް ގޯތި ދޫކުރި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ޓަކައި ރަށުގެ އެކި އެކި މަގުތަކުގައި  ހުރިރުއްތައް ކަނޑަންޖެހޭތީ، ރަށުގެ އެކި ހިސާބުތަކުގައި ހުރި 150 ރުކުގައި މިކައުންސިލުން ވާނީ ރަތްކުލައިގެ ސްޕްރޭ ދަވާދު ބޭނުންކޮށްގެން އެކެއް (1) އިން ފެށިގެން ސަތޭކަ ފަންސާސް (150) އާއި ހަމަޔަށް ނަންބަރު ޖަހާފައެވެ.   

 

          ވީމާ، އެރުއްތަކުގެ ވެރިފަރާތްތަކަށް ބަދަލު ދިނުމަށްޓަކައި ރުއްތަކުގެ ވެރިފަރާތްތަކުން 28 ޑިސެމްބަރު 2022 ވާ ބުދަ ދުވަހު 12:00 ގެ  ކުރިން،އެފަރާތެއްގެ ރުއްތަކުގެ އަދަދާއި މިކައުންސިލުން ރުކުގައިޖަހާފައިވާ ނަންބަރު އަދި ކެޓަގަރީ (ފޯދުނު މޮޅުރުއް،ނުފޯދޭ ރުއް، ކަނދުބުޑުލީ ރުއް،) އެގޭނޭފަދަ ލިޔުމެއް މިއިދާރާއަށް   ހުށަހެޅުއްވުން އެދެމެވެ.  

19 ޑިސެންބަރު 2022