މަސައްކަތް
ނަންބަރު: (IUL)165/1/2022/24
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 22 ޑިސެންބަރު 2022 11:00
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ރޯލާ ޝަޓާ ގޭޓު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 165/1/2022/22(IUL) އިޢުލާނަށް އެކަށިގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލް ކުރުމަށް ފަހު އަލުން އިޢުލާން ކުރުން

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ޓެލެކޮމް ބިލްޑިންގ) ބޭރުފާރާއި ގުޅިފައިވާ ގޭޓު، ރޯލާ ޝަޓާ ގޭޓަކަށް ބަދަލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 165/1/2022/22(IUL) އިޢުލާނަށް އެކަށިގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލް ކުރުމަށް ފަހު އަލުން މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ޕްރީބިޑް ބައްދަލްވުން

މި މަސައްކަތާއި ގުޅޭ ޕްރީބިޑް ބައްދަލްވުން އޮންނާނީ 22 ޑިސެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގައެވެ. ބީލަން ހުށަހެޅޭނީ ޕްރީބިޑް ބައްދަލްވުމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

ބީލަން ހުށަހަޅާނީ 29 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 29 ޑިސެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 25 ޑިސެންބަރު 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:[email protected]

 ނޯޓް: މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ލިބިގެންވެއެވެ. އަދި މި ބީލަމާއި ގުޅިގެން ގަންނަންޖެހޭ ތަކެތި ނުހޯދުމަށް މިއޮތޯރިޓީއިން ނިންމާ ހާލަތެއްގައި ހުށަހަޅާފައިވާ ހުރިހާ ބީލަންތައް ބާތިލުކުރުމުގެ އިޚްތިޔާރު މިއޮތޯރިޓީއަށް ލިބިގެންވެއެވެ.

19 ޑިސެންބަރު 2022