މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހެލްތް ސައިންސަސް (ކ. މާލެ)
|
ގްރޭޑް:
|
05
|
ސްޕައިން ޕޮއިންޓް:
|
24
|
މުސާރަ:
|
މަހަކު 7,151.26 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,064.83 ރުފިޔާ
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
- ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން،ނުވަތަ،
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
- އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އޮފީހުން ފޮނުވަންޖެހޭ ސިޓީތަކާއި، ލިޔުންތަކާއި މެމޯ ލިޔެ ފޮނުވުން.
- ފެކަލްޓީ އިން ކެމްޕަސްތަކަަށް ދަތުރުކުރާ ލެކުޗަރާއިން އަދި ޕާރޓްޓައިމް ލެކްޗަރަރއިންނާއި ފެކަލްޓީއިން ކުރަންޖެހޭ އެންމެހާ ދަތުރުތަކުގެ ޓިކެޓް ބުކްކޮށް ދަތުރުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުން. މީގެ ތެރޭގައި ފެކަލްޓީއިން އެހެންކަންކަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ އިންތިޒާމްތައް ހިމެނޭނެއެވެ.
- ޑިޕާރޓްމަންޓްތަކުން ދަތުރުފޯރމް ހުށައެޅުމުން ޔުނިވާރސިޓީގެ އިދާރީ މަރުކަޒަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުން އަދި ދަތުރުތަކާއި ގުޅިގެން މުވައްޒަފުންނާއި ދަރިވަރުންނަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
- ހަވާލުކުރެވޭ އެކަޑަމިކް ޑިޕާރޓްމަންޓްތަކުގެ ކަންކަން ބެލެހެއްޓުން.
- ސެންޓަރުން ފޮނުވަންޖެހޭ ހިދުމަތާއި ތަކެއްޗައް އެދޭ ފޯރމްތައް ފޮނުވާ އޭގެ ފޮލޯއަޕް ހެދުން އަދި އެކްސަލް ޝީޓްގައި ލިޔެ އަޕްޑޭޓް ކުރުން.
- ސޮޓްކުން މަދުވާތަކެތި ބަލައި ދުރާލައި ތަކެއްޗައް ރިކުއެސްޓްކޮށް ހޯދުމާއި، ސްޓޮކް ބެލެހެއްޓުމާއި ސްޓޮކު ސިސްޓަމް ޤަވާއިދުން އަޕްޑޭޓް ކުރުން.
- އެކަޑަމިކް އަދި އިދާރީ މުވައްޒަފުންގެ ޑިއުޓީ އެޗް.އާރު ސިސްޓަމަށް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް އަޅުމާއި ބެލެހެއްޓުމާއި އެކަމާއި ގުޅުންހުރި އެންމެހާ ކަންކަން ކުރުން.
- ފެކަލްޓީގެ އަހަރީ ރިޕޯރޓަށް ބޭނުންވާ އެންމެހާ މައުލޫމާތު އެއްކޮށް އަހަރީ ރިޕޯރޓްލިޔަންޖެހޭ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ލިޔެ ޔުނިވާރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުމާއި ފައިލްކޮށް ބެލެހެއްޓުން.
- ފެކަލްޓީއިން ބާއްވާ ޖަލްސާ، ސެމިނާރ، ވޯކުޝޮޕް އޮރިއެންޓޭޝަންގެ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
- ފެކަލްޓީ އިން ބައިވެރިވާ އެކި އެކި އިވެންޓްތަކުގައި އިދާރީ ގޮތުން އެހީތެރިކަންދީ އެކަމެއްގައި އަމަލީގޮތުން ބައިވެރިވުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2022 ޑިސެމްބަރު 25 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2022-325
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ● ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ● ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “ޕީ.ޑީ.އެފް" ކޮށްފައެވެ.
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345144 ނަމްބަރު ފޯނަށެވެ.
|