ޢާންމު މަޢުލޫމާތު
ނަންބަރު: (OTHR)338-ESMS/338/2022/5
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:45
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓް ހައުސްތަކާއި އެކި އެކި ވިޔަފާރި ކުރާ ތަންތަނުގެ ކުރިމަތިން ލިބެން އޮންނަ ހުސްބިން ކުއްޔަށް ދޫކުރުމާއި ބޭނުންކުރާނެ ގޮތުގެ އުޞޫލ

ތަޢާރަފާއި ނަން

  1. 1.       

(ހ)

މިއީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ޥ) ގެ ދަށުން ބާރު ލިބިގެން ކ. ގުރައިދޫގައި ކުރަމުންދާ އެކި އެކި ވިޔަފާރިތަކުގެ ކުރިމަތިން ނުވަތަ ކައިރިން އޮންނަ ހުސްބިން އެ ވިޔަފާރިތަކުގެ ބޭނުމަށް ބޭނުންކުރުމަށާއި ކުއްޔަށް ދިނުމާށް ހެދިފައިވާ އުސޫލެކެވެ. 

(ށ)

މި އުސޫލަށް ކިޔަނީ " ގެސްޓް ހައުސްތަކާއި އެކި އެކި ވިޔަފާރި ކުރާ ތަންތަނުގެ ކުރިމަތިން ލިބެން އޮންނަ ހުސްބިން ކުއްޔަށް ދޫކުރުމާއި ބޭނުންކުރާނެ ގޮތުގެ އުޞޫލު" އެވެ.

  

މަޤްސަދު

  1. 2.      2.

(ހ)

މިއީ، ބޮޑެތި އިންވެސްޓްމަންޓްތަކާއި އިމާރާތްތައް ނުކުރެވޭ ގޮތަށް، ކ.ގުރައިދޫގެ އެކި ސަރަހައްދުތަކުން ހުސް ބިމުގެ ގޮތުގައި ކަނޑައެޅިފައިވާ ތަންތަނުން ކައުންސިލަށް އާމްދަނީ ހޯދުމަށާއި، ކައުންސިލަށް އާމްދަނީ އެއް ނުލިބޭގޮތަށް އެކި ފަރާތްތަކުން އެތަންތަން ބޭނުންކުރުން ހުއްޓުވުމަށާއި، އެ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް ކައުންސިލުން ކުރާ ހަރަދު ސަލާމަތްކުރުމަށާއި، ދެމެހެއްތެނިވި ގޮތެއްގައި ހުސްބިންތައް ބެލަހައްޓުމަށް އެ ތަންތަން ކުއްޔަށް ދޫކުރުމަށް ހެދިފައިވާ އުސޫލެކެވެ.

މިއުސޫލަށް އަމަލު ކުރަންފަށާ ތާރީޙް

  1. 3.       

 

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުސޫލު ކ. ގުރައިދޫ ކައުންސިލުން ފާސްކޮށް އާންމު ކުރާ ތާރީޚުން ފެށުގެނެވެ.

އުސޫލު ހިނގުން

  1. 4.      3.  

 

މި އުސޫލު ހިނގާނީ ކ. ގުރައިދޫގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ވިޔަފާރިތަކުގެ ތެރެއިން، އެ ވިޔަފާރިއެއްގެ ކުރިމަތިން ނުވަތަ ކައިރިން ހުސް ބިމެއް އޮވެފައި އެ ބިން ބޭނުންވެގެން ހުށަހަޅާނ ފަރާތްތަކުގެ މައްޗަށެވެ.

 

ބިން ކަންޑައެޅުމާއި ބިމުގެ މުއްދަތު ކަނޑައެޅުމާއި ބިން ދޫކުރުން

  1. 5.       

(ހ)

މި އުސޫލުގެ ދަށުން، ބިން ބޭނުންވެގެން ހުށަހަޅާ ވިޔަފާރީގެ ކުރިމަތިން، ބިން ބޭނުންކުރެވެން އޮތް މިންވަރަކަށް، ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން މި އުސޫލާއި އެއްގޮތަށް ބިން ކުއްޔަށް ދެވިދާނެއެވެ.

 

 

 

(ށ)

މި އުސޫލުގެ ދަށުން ދޫކުރެވޭ ބިންތަކަކީ ވަގުތީ ގޮތުން ބޭނުންކުރުމަށް ދޫކުރެވޭ ބިންތަކެކެވެ.

 

 

(ނ)

މި އުސޫލުގެ ދަށުން ދޫކުރާ ބިން ކުއްޔަށް ދޫކުރާނީ 2 އަހަރު ދުވަހުގެ މުއްދަތަށް ވުރެ ދިގު ނުވާގޮތުގެ މަތިންނެވެ. އަދި މުއްދަތު ހަމަވުމުން ބިން ކުއްޔަށް ދޫކުރެވެން އޮތަނަމަ މި އުސޫލާ އެއްގޮތްވާގޮތުގެ މަތިން އަލުން އެބިން ކުއްޔަށް ދޫކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ކުލި

  1. 6.       

(ހ)

ކުލީގެ ގޮތުގައި ނަގާ އަގު ކަނޑައަޅާނީ ކ. ގުރައިދޫ ކައުންސިލުގެ އާއްމު ބައްދަލުވުމަކުން ނިންމާ ގޮތެއްގެ މަތިންނެވެ.

 

 

(ށ)

ބިމު ކުލީގެ ގޮތުގައި ކައުންސިލުން ކަނޑައަޅާ ކުލި ކުއްޔަށް ނަގާ ތާރީޚުން ފެށިގެން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކ. ގުރައިދޫ ކައުންސިލް އިދާރާއަށް ދައްކަންވާނެވެ. ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ނުދަށްކައިފިނަމަ ކުލި ނުދައްކާ ދުވަސްތަކަށް ބިމު ކުއްޔަށް ދުވާލަކަށްޖެހޭ އަދަދުގެ 2% ޖުރުމަނާ ދައްކަން ޖެހޭނެއެވެ.

ބިންދޫކުރުމުގައި ބެލެވޭނެ ކަންކަން

  1. 7.       

ބިންތައް ދޫކުރެވޭނީ ތިރީގައިވާ ހުރިހާ ޝަރުތުތައް ފުރިހަމަ ވާނަމައެވެ.

 

(ހ)

ކ. ގުރައިދޫގައި ރަޖިސްޓްރީކޮށް ހިންގާ ވިޔަފާރިއެއް ކަމުގައި ވުން

(ށ)

ހިނގަމުންދާ ވިޔަފާރީގެ ކުރިމަތިން ނުވަތަ ކައިރިން ހުސް ބިން ލިބެން އޮތުން

ކުއްޔަށް ހިފާ ފަރާތުގެ މަސްއޫލިއްޔަތުތައް

  1. 8.      ()

(ހ)

އުސޫލުގެ ދަށުން ބިން ކުއްޔަށް ދޫކުރުމަށް ހެދޭ އެއްބަސްވުމާ އެއްގޮތަށް ކުލި ދެއްކުން.

 

 

(ށ)

ބިން ބޭނުންކުރަންވާނީ ކުއްޔަށް ހިފާ ފަރާތުގެ ހިނގަމުންދާ ވިޔަފާރީގެ ބޭނުމަށެވެ. ނަމަވެސް މިއުސޫލުގެ ދަށުން ދޫކުރާ ބިމުގައި ބޮޑެތިން އިންވެސްޓްމަންޓްތައް ކޮށްގެން ނުވާނެއެވެ

 

 

(ނ)

ކުއްޔަށް ދޫކުރެވޭ ބިމުގައި ފަތުރުވެރިން އުޅޭ އުޅުމުގައްޔާއި ހެދުން އެޅުމުގައި ޓުއަރިޒަމް މިނިސްޓްރީއާއި ކ. ގުރައިދޫ ކައުންސިލުން ހަދާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުން

 

 

(ރ)

މި އުސޫލުގެ ދަށުން ދޫކުރާ ބިމުގެ އިން ވަކިކުރުމުގެ ގޮތުން އުސްކޮށް ފާރު ރާނާ، ފުޅަށް ޖެހުމަކީ މަނާކަމެކެވެ. ނަމަވެސް ކުއްޔަށް ދޭފަރާތުގެ ހުއްދައާއިއެކު ކުއްޔަށް ދޫކުރެވޭ ބިމުގެ އިން ވަކިކުރުމުގެ ގޮތުން ހުއްދަ ދެވޭ މިންވަރަކަށް ކުޑަ ފާރުކޮޅެއް ރޭނާ ހަޓެއް ޖެހިދާނެއެވެ.

 

 

(ބ)

ކުއްޔަށް ދޫކުރެވޭ ބިމުގައި ހުރި އެއްވެސް ގަހެއް ކައުންސިލުގެ ހުއްދަ ނެތި ކެނޑުމަކީ މަނާކަމެކެވެ.

 

 

(ޅ)

މިބިން ބޭނުން ކުރުމުގައި އާއްމުންނަށް ހިނގަން އުނދަގޫވާގޮތަށް މަގަށް ފެންސް ޖަހައި، އަދި މަގު ބަންދުކޮށްގެން ނުވާނެވެ.

 

 

 

(ކ)

ކުއްޔަށް ދޫކުރެވޭ ބިމުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފުވާ އެއްވެސް ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކޮށްގެން ނުވާނެއެވެ. އަދި އެފަދަ ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ދީގެން ނުވާނެއެވެ

ކުޔައް ދޫކުރެވިފައިވާ ބިން ކައުންސިލުން ނެގުން:

  1. 9.      5.

މި އުޞޫލުގެ ދަށުން ދޫކުރާ ބިމެއް، ބިން ދޫކުރެވިފައިވާ ފަރާތުން ވަކި ކުރެވޭނީ ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިންނެވެ.

 

 

(ހ)

އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރީން ކައުންސިލުން ބިން ބޭނުންވެއްޖެ ޙާލަތެއްގައި ބިން ހުސްކުރުމަށް މަދުވެގެން 05 (ފަހެއް) ދުވަހުގެ ނޯޓިސް ދިނުމަށްފަހު މިއެއްބަސްވުން ނިމުމަކަށްގެނެސް ބިން ވަކި ކުރެވިދާނެއެވެ.

 

 

(ށ)

ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ބިން ކުއްޔަށް ނަގާ ފަރާތުން ކުލި ނުދައްކައިފިނަމަ 05 (ފަހެއް) ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އެ މުއްދަތުގެތެރޭގައި ކުއްޔަށް ހިފާ ފަރާތުން އެ މަހުގެ ކުލި ނުދައްކައިފިނަމަ މި އުސޫލުގެ ދަށުން ދޫކުރާ ބިން ވަކި ކުރުމުގެ އިޚްތިޔާރު ކައުންސިލަށް  ލިބިގެންވެއެވެ.

 

 

(ނ)

މި އުސޫލުގެ ދަށުން ދޫކުރާ ބިން ދޫކުރުމަށް ހެދޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ބިން ކުއްޔަށްހިފާ ފަރާތުން ބިން ދޫކޮށްލަން ބޭނުން ވެއްޖެނަމަ 05 (ފަހެއް) ދުވަހުގެ ކުރީން އެކަން ބިންކުއްޔަށްދޫކުރާ ފަރާތަށް ލިޔުމަކުން އަންގަންވާނެއެވެ. ނޯޓިސްގެ މުއްދަތު ހަމަވުމުގެ ސުން ގަޑީގެ ކުރިން ތަން ހުސްކޮށް ކައުންސިލަށް ހަވާލުކުރަންވާނެއެވެ.

 

 

(ރ)

މި އުސޫލުގެ 8 ވަނަ ވަނަ މާއްދާގައި ބަޔާންފޮށްފައިވާ ކަމަކާ ޚިލާފުވެއްޖެނަމަ އިތުރު އެންގުމަކާނުލާ އެއްބަސްވުން ބާޠިލުކޮށް ބިން ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ބ)

މި އުސޫލުގެ ދަށުން ހަދާ  އެއްބަސްވުމުގެ މުއްދަތު ހަމަވެގެން ނުވަތަ ކައުންސިލުން ބޭނުންނުވެގެން ނުވަތަ ކުއްޔަށް ދޫކުރާފަރާތުން ބޭނުންވެގެން ނުވަތަ މި އެއްބަސްވުމާއި ޚިލާފުވެގެން މިއެއްބަސްވުން ނިމުމަކަށް އަންނަ ހިނދު ބިމުގައި ހަރުކޮށްފައިވާ ނުވަތަ ބަހައްޓާފައިވާ ކުއްޔަށްހިފާ ފަރާތުގެ އެންމެހާ އުފުލޭ މުދަލާއި ނުއުފެލޭ މުދާ ނެގުމާއި ނައްތާލުމަކީ ކުއްޔަށްހިފާ ފަރާތުގެ ޒިންމާއެކެވެ. އެފަދަ ތަކެތި ނައްތާނުލައިފިނަމަ، އެ ތަކެތި ނައްތާލުމަށާއި ބިން ހުސްކުރުމަށް ކައުންސިލުން ކުރާ ޚަރަދުގެ ބަދަލު ކުއްޔަށް ހިފާ ފަރާތުން ދޭންވާނެއެވެ. އަދި، އެއްވެސް ހާލަތެއް މެދުވެރިވެގެން ދައުލަތުން ނުވަތަ ކައުންސިލުން ބިން ބޭނުންވެގެން ބިން ނަގާނަމަ ނުވަތަ މި އެއްބަސްވުން ބާތިލު ކުރާނަމަ އިތުރު އެއްވެސް ބަދަލެއް ކައުންސިލުން ނުވަތަ ދައުލަތުން މިބިން ހަވާލު ކުރެވިފައިވާ ފަރާތައް ދޭކަށްނުޖެހޭނެއެވެ.

 

(ށ)

މި އުސޫލުގެ ދަށުން ދޫކުރާ ބިމުގެ މުއްދަތު ހަމަވެގެން ނުވަތަ އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ނިމުމަކަށް އަންނަހިނދު، މާލެ އަތޮޅު ގުރައިދޫ ކައުންސިލަށް ބަލަދުވެރިކަން ބަދަލުވެގެން އަންނަ އެއްވެސް މުދަލެއްގެ ބަދަލެއް އަދި އެ ބިމަށް ކޮށްފައިވާ އެއްވެސް ހަރަދެއްގެ ބަދަލެއް އެއްވެސް ފަރާތަކަށް މާލެ އަތޮޅު ގުރައިދޫ ކައުންސިލުން ދައްކާކަށް ނުޖެހޭނެއެވެ.

އުޞޫލަށް ބަދަލު ގެނައުން

(ހ)

މި އުސޫލަށް އުނި އިތުރު ގެނެވޭނީ  މާލެ އަތޮޅު ގުރައިދޫ ކައުންސިލުގެ ޢާންމު ބައްދަލުވުމަކުން، ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެނެވެ.

މާނަ ކުރުން

9

(ހ)

"މިއުސޫލުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ ކައުންސިލު ކަމަށް ބުނެފަ އެވަނީ ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިނަގުމުގެ ޤާނޫނު (2010/7) ގެ ދަށުން އިތިހާބުކޮށްފައިވާ މާލެއަތޮޅު ގުރައިދޫ ކައުންސިލްއެވެ.

19 ޑިސެންބަރު 2022