ކުއްޔަށް ދިނުން
ނަންބަރު: (IUL)340/340/2022/48
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 29 ޑިސެންބަރު 2022 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކުން ބައެއް ހުސްބިންތައް ކުއްޔަށް ދޫކުރުމާއިބެހޭ:

             މި ރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކުން ތިރީގައި މި ދަންނަވާ ހުސްބިންތައް މި ކައުންސިލްގެ ނަންބަރު: USL/340/2022/01 އުޞޫލުގެ ދަށުން ކުއްޔަށް ހިފުމަށް ބޭނުންވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

އިސްވެ ދެންނެވުނު އުޞޫލް "ރަށުގެ އަތިރިމައްޗާއި، އިޖުތިމާޢީ ސަރަޙައްދުތަކުގައި ހުރި ހުސްބިންތައް ކުއްޔަށް ދިނުމާއިބެހޭ ޢުޞޫލް" މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

#

ބިން އޮތްތަން

ބްލޮކް ނަންބަރު

އަކަފޫޓް

ބިމުގެ ނަންބަރު

01

ސެމްރޮކްގޯތީގެ ހުޅަނގު އިމުން އިންވެގެން ހުޅަނގަށް، ބޮޑުމަގު އިންވެގެން ދެކުނަށްވާގޮތަށް، ބަނދަރަށްކުރިމަތިކޮށް އޮތް ހުސްބިން.

24

3961.0

L1

02

ސެމްރޮކްގޯއްތީގެ ހުޅަނގު އިމުން އިންވެގެން ހުޅަނގަށް، ސާމަރާހިގުން އިންވެގެން އުތުރަށްވާގޮތަށް، ބަނދަރަށް ކުރިމަތިކޮށް އޮތް ހުސްބިން.

24

3789.8

L2

03

މޫންގްރާސް ގޯތީގެ ހުޅަނގު އިމުން އިންވެގެން ހުޅަނގަށް، މިސްކިތްމަގު އިންވެގެން ދެކުނަށްވާގޮތަށް، އަތިރިމައްޗަށް ކުރިމަތިކޮށް އޮތް ހުސްބިން.

45

2000

L3

04

އަސްސިދަގޯތީގެ ހުޅަނގު އިމުން އިންވެގެން ހުޅަނގަށް، ފެންބޯވަޅުމަގާއި އިންވެގެން ދެކުނަށްވާގޮތަށް، އަތިރިމަށްޗަށް ކުރިމަތިކޮށް އޮތް ހުސްބިން.

48

1820

L4

05

އައްސިދަގޯއްޗާއި ފިނޮޅު ގޯތީގެ ދެކުނު އިމުން އިންވެގެން ދެކުނަށް، އަތިރިމަށްޗަށް ކުރިމަތިކޮށް އޮތް ހުސްބިން.

48

4220

L5

06

ވީނަސްގޯއްތީގެ އިރުމަތީ އިމުން އިންވެގެން އިރަށް، ފަންނުމިސްކިތްމަގާއި އިންވެގެން އުތުރަށްވާގޮތަށް، އަތިރިމައްޗަށް ކުރިމަތިކޮށް އޮތް ހުސްބިން.

50

9750

L6

07

ސަންރައިސް ގޯތީގެ އިރުމަތީ އިމުން އިންވެގެން އިރަށް، ހުރާގަނޑުމަގާއި އިންވެގެން އުތުރަށްވާގޮތަށް، އަތިރިމައްޗަށް ކުރިމަތިކޮށް އޮތް ހުސްބިން.

32

4185.33

L7

           ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2022 ޑިސެންބަރު 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިންކުއްޔަށް ހިފުމަށް އެދި ހުށަހަޅަންޖެހޭ ފޯމުން ހުށަހެޅުމަށް ދަންނަވަމެވެ. ކޮންމެ ބިމެއް ވެސް ކުއްޔަށް ހިފުމަށް ހުށަހަޅާނީ ވަކި ފޯމަކުންނެވެ.

ބިންކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމާއި ބިންތަކުގެ މިންތަކާއި ބައްޓަން އެނގޭނެ ކުރެހުންތައް ވެސް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. ބިންތައް ކުއްޔަށް ދޭނެ ފަރާތެއް ކަނޑައަޅާނީ އުޞޫލްގައި ބަޔާންކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކޮށް މި ކައުންސިލުންނެވެ.

ބިންތައް ކުއްޔަށް ހިފުމަށްއެދި ހުށަހަޅާ ފޯމް މި ކައުންސިލަށް ޙާޟިރުވެ ނުވަތަ މިކައުންސިލްގެ މެއިލް [email protected] އަށް ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

19 ޑިސެންބަރު 2022