ދެންނެވުން
ނަންބަރު: (IUL)384-A/2022/104
ޕަބްލިޝްކުރި ތާރީޚް: 19 ޑިސެންބަރު 2022
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި:
19 ޖަނަވަރީ 2023 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލުން
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު 22 ޑިސެންބަރު 2022 ން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.
- ފަޤީރުންނާއި މިސްކީނުގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މިފުރުޞަތުގައި އަލުންފޯމު ހުށަހަޅަން ނުޖެހޭނެއެވެ.
- 20 ޖޫން 2022 ގެ ފަހުން އެކިސަބަބުތަކާހެދި ދަފްތަރުން އުނިކުރެވިފައިވާ ފަރާތްތަކަށް އުނިކުރެވިފައިވާކަން އެންގިފައި ވާނެއެވެ.
- ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ޢާއިލާގައި19 ޖަނަވަރީ 2023އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް / މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ.
މިމުއްދަތުގެ ތެރޭގައި ފޯމު ބަލައިގަތުމަށް ހަމަޖެހފައިވަނީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށެވެ. 19 ޑިސެންބަރު 2022 ން ފެށިގެން ''ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފޯމު'' މިކައުންސިލުން ލިބެންހުންނާނެވާހަކަ ދެންނެވީމެވެ. ފޯމުތައް ގެންނަވާއިރު ދެވިފައިވާ އިރުޝާދު ތަކާއި އެއްގޮތަށް ލިޔުންތައް ހަމަކޮށް މަޢުލޫމާތު ފުރިހަމަކުރުމަށް ދަންނަވަމެވެ.
މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޑިސެންބަރު 2022